ދީނަށް ފުރައްސާރަކުރި މީހާއަށް އިންޒާރުދިން މައްސަލަވެސް ބަލަނީ

--- ފޮޓޯ ފުލުހުން

އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މައްސަލާގައި ހައްޔަރު ކުރި މީހާއަށް އިންޒާރު ދިން މައްސަލަވެސް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރު ކުރި މީހާގެ މައްސަލަ އާއި އޭނާ އަށް އިންޒާރުދިން މައްސަލަވެސް ބަލަމުންދާ ކަމަށެވެ.

އިސްލާމްދީނަށް ފުރައްސާރުކޮށްގެން އިއްޔެ ގދ ތިނަދޫ އިން ހައްުޔަރުކުރި މީހާގެ ބަންދަށް މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ޓްވިޓާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ "ރުޝްމަތު" ނަމަކަށް ކިޔާ ޓްވިޓާ ހޭންޑުލްއަކުން ޓްވީޓްކުރާ މީހެކެވެ.

އެ މީހާ ބުނެފައި ވަނީ ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި އޭނާ ބާއްވައި އަދި ޒުވާނުންނަށް އޭނާ ދެކޭ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށާއި އިތުރު އެއްވުންތައް ވެސް ބާއްވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން މާތްﷲ އާއި ރަސޫލާއަށް ބަދުބަސްތައް ރައްދުވާ ފަދަ އެއްޗިހި ވެސް އޭނާ ޓްވީޓްކޮށްފައިވެ އެވެ.

comment ކޮމެންޓް