އިންތިޒާރު ނިމުމަކަށް! ދަބަންގް 3ގެ ޓީޒާ މި އޮތީ

ދަބަންގް 3ގެ ފުރަތަަމަ ޕޯސްޓަރު --- ފޮޓޯ : ސަލްމާން ހާން

މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ބޮލީވުޑް ފިލްމު ކަމަށްވާ "ދަބަންގް 3"ގެ ޓީޒަރެއް ދައްކާލައިފި އެވެ.

ދަބަންގްގައި މަޝްހޫރު އެކްޓަރު ސަލްމާން ހާން ފެނިގެންދާ "ޗުލްބުލް ޕާންޑޭ"ގެ ރޯލަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކެރެކްޓަރެކެވެ. އެ ކެރެކްޓަރު އެނބުރި އަންނާތީ ގިނަ ބަޔަކު ތިބީ ފިލްމަށް ކެތްމަދުވެފަ އެވެ.

ދާދި ފަހުން އެ ފިލްމުގެ ޓީޒަރު އާންމުކޮށްފައިވާއިރު އެ ފިލްމު ސްކްރީންތަކަށް އައުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރު މަހުގެ 20ގައެވެ.

ދަބަންގްގެ ފުރަތަމަ ދެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަލްމާން ބުނެއެވެ.

ސަލްމާނުގެ އިތުރުން، ދަބަންގްގެ އޮރިޖިނަލް ކާސްޓުގައި ހިމެނޭ ފަންނާނުން އެ ފިލްމަށް އަންނާނެ ކަމަށް ސަލްމާން ހާމަކުރިއެވެ. އެގޮތުން ކުރީގެ ފިލްމުގައި ލީޑް ރޯލުން ފެނިފައިވާ ސޮނާކްޝީ ސިންހާވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް