ދެ ރަށެއްގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލް ހަދަން ހަވާލުކޮށްފި

ދެ ރަށެއްގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލްއެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދެ ރަށެއްގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލްއެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ލ. އިސްދޫ ސްކޫލާއި ފުވައްމުލަކު ސިތީ މުހައްމަދު ޖަމާލުއްދީން ސްކޫލުގައި މަލްޓި ޕާޕަސް ހޯލްގެ ދެ ބުރި އިމާރާތް ހެދުމަށް ޑަބްލިއު އެންޑް އޭ އޯވަސީސް ޕީޓީއީ ލިމިޓެޑްއާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 14.6 މިލިއަން ރުފިޔާއަށެވެ.

އެ އެއްބަސްވުމުގައި ޑަބްލިއު އޭ އެންޑް އޯވަސީސްގެ ފަރާތުުން ސޮއި ކުރެއްވީ ޑިރެކްޓަރު އަހުމަދު އަސްލަމް އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުން ނިންމާ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދެ މަލްޓި ޕާޕޯސްހޯލްވެސް ނިންމައި އަންނަ އަހަރު ސެޕްޓެމްބަރު މަހު ބޭނުންކުރެވޭވަރުވާނެ ކަމަށެވެ.

ފަހަކަށް އައިސް ގިނަ ސްކޫލުތަކެއްގައި މަލްޓި ޕާޕަސް ހޯލްއަޅަން ވަނީ ގިނަ ބަޔަކާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް