ހައްޖު ކްލިނިކުން 612 މީހުން ފަރުވާ ހޯދި: އައިޖީއެމްއެޗް

އައިޖީއެމް ހޮސްޕިޓަލް -- ސަން ފައިލް ފޮޓޯ

ހައްޖާޖީންނަށް ފަސޭހަކަމާއެކީ ޑޮކްޓަރަށް ދައްކައިދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން އައިޖީއެމްއެޗުގައި ހުޅުވި ހައްޖު ކްލިނިކުން 612 މީހުން ފަރުވާ ހޯދި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ ކްލިނިކް މިދިޔަ ބުރާސްފަތި ދުވަހު ބަންދުކޮށްފައިވާ ކަމަށެވެ.

އެ ކްލިނިކް ހުޅުވީ މިދިޔަ މަހު 19 ވަނަ ދުވަހު އެވެ.

ކޮންމެ ހައްޖު މޫސުމަކު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖުވުމަށް ފަހު އެނބުރި އަންނަ އިރު ތަފާތު ރޯގާތައް ފެތުރެ އެވެ. އެކަމާ ގުޅިގެން ރޯގާތައް އިތުރުވެދާނެތީ އެކަމަށް ސަމާލުވުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ ކުރިން ވެސް ހުމާއި ރޯގާ ފެތުރޭ ދުވަސްވަރު އައިޖީއެމްއެޗް އިން ވަނީ އެކަމަށް ހާއްސަކޮށް ފްލޫ ކްލިނިކްތަކެއް ހުޅުވައިފަ އެވެ.

މި އަހަރު ރާއްޖެ އަށް 2000 މީހުން ހައްޖަށް ދިޔަ އެވެ.

comment ކޮމެންޓް