ތާޕްސީގެ "ތައްޕަޅު"ގެ ޝޫޓިން ފަށައިފި

ފިލްމުގެ ޝޫޓިން ތެރެއިން---

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތައްޕަޅު"ގެ ޝޫޓިން ފަށައިފި އެވެ.

އަނޫބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ޝޫޓިން ފަށާފައިވީ ނަމަވެސް ފިލްމުގައި ފިރިހެން ލީޑުން ފެނިގެންދާ ބަތަލެއް ހާމަކޮށްފައެއްނުވެ އެވެ.

ފިލްމުގެ ޝޫޓިން ކުރިއަށްދަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރަމުން ތާޕްސީ ބުނީ ފިލްމު އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަހަރުގެ މާޗް ހައެއްގައި ފިލްމު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ތައްޕަޅު"އަކީ ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް