މޮޅަދޫ ބަނދަރު ހަދަން 26 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފި

މޮޅަދޫ ބަނދަރު ހަދަން ހަވާލުކުރަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ޕްލޭނިން މިނިސްޓްރީ

ހއ. މޮޅަދޫގެ ބަނދަރު ހަދަން 26.9 މިލިއަން ރުފިޔާއަށް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުރު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސެނޮކްގެ ފަރާތުން ސޮއިކުރެއްވީ އެކައުންޓެންޓް ޕްރަބާތެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސަޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝަނާ ފާރޫގެވެ.

އެ މަސައްކަތް ސެނެކްއާ ހަވާލުކޮށްފައި ވަނީ އެއް އަހަރުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 232 މީޓަރުގެ ބޭރު ތޮށި ޖެހުމާއި 42 މީޓަރު ރިވެޓްމަންޓް ޖެހުމުގެ އިތުރުން 200 މީޓަރުގެ އެއްގަމުތޮށި ހެދުން ހިމެނެ އެވެ.

އޭގެ އިތުރުން 600 އަކަ މީޓަރުގެ ޕޭމަންޓެއް ހަދައި ދެ ނެރުބައްތިއެއް ހަދައި 20 ބަނދަރު ބައްތި ޖެހުމުގެ އިތުރުން އެއް ރޭމްޕާއި 24726 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް އެއްގަމުތޮށިން ބޭރުތޮއްޓަށް އެރުމަށް ވޯކްވޭއެއް ހެދުން ވެސް މަޝްރޫއުގައި ހިމެނެ އެވެ.

comment ކޮމެންޓް