ވެލާނާ އެއާޕޯޓުން ފުރި އެއާއޭޝިޔާ ފްލައިޓެއްގައި ރޯވެގެން އެމަޖެންސީގައި ޖައްސައިފި

އެއާ އޭޝިއާގެ ބޯޓެއް ---

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިރޭ ފުރި ފްލައިޓެއްގައި އަލިފާން ރޯވެގެން އެމަޖެންސީގައި އަނބުރާ ޖައްސަން ޖެހިއްޖެ އެވެ.

ވީއައިއޭއިން ބެންކޮކަކަށް ދާން ފުރި އެއާ އޭޝިޔާގެ އެ ފްލައިޓްގައި ރޯވުމާ އެކު އެމަޖެންސީގައި ބޯޓް އަނބުރާ ރަންވޭއަށް މިހާރު ވަނީ ޖައްސަައިފަ އެވެ.

އެއާޕޯޓް ރަންވޭއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓްގައި އަލިފާން ހިފި މަންޒަރު ވަނީ މާލޭގައި ތިބި ބައެއް މީހުންނަށް ފެނިފަ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އަލިފާން ރޯވިތަން ފެނުނު ވަގުތު ކުއްލިއަކަށް އަޑެއް ވެސް އިވުނެވެ.

އަލިފާން ރޯވެފައި ވަނީ ބޯޓުގެ ކަނާތް ފަރާތުގެ އިންޖީނުގަ އެވެ. މިހާރު ބޯޓު ލޭންޑުކޮށްފައިވާ އިރު ލޭންޑު ކުރި އިރު އިންޖީނުގައި އަލިފާން ހިފާފައި ނެތެވެ.

ފްލައިޓު ލޭންޑު ކުރަން އުޅުނު އިރު އެ މަންޒަރު ބަލަން ގިނަ އަދަދެއްގެ ބަޔަކު ބްރިޖު ޕްލެޓްފޯމް ސަރަހައްދަށް އެއްވި އެވެ.

comment ކޮމެންޓް