ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރުން -- ފޮޓޯ: އެމްޓީސީސީ

އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހް އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުގެ އަގަކީ 7،998،302.75 ރުފިޔާ އެވެ. މަޝްރޫއު ނިންމަން ދީފައި ވަނީ 90 ދުވަހުގެ މުއްދަތެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން ރަސްދޫގެ ހުޅަނގު ފަރާތުން 200 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ރަސްދޫ އަކީ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ.

comment ކޮމެންޓް