ހޯރަފުށީ އެއާޕޯޓް ހަދާ ސަރަހައްދު ހިއްކައި ނިމިއްޖެ

އެއާޕޯޓް އަޅަން ހޯރަފުށި ފަޅުން ހިއްކިބައި-- ފޮޓޯ: މުހައްމަދު ވަހީދު

ހއ. ހޯރަފުށީގައި އެއާޕޯޓްއެއް އެޅުމަށް އެ ރަށުގެ ފަޅުތެރެއިން ހިއްކަން ފެށި ސަރަަހައްދު ހިއްކައި ނިންމައިފި އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިން ހިއްކައި ނިމުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ކަމަށެވެ.

"މިހާރު ކުރަމުންދަނީ ބިންގަނޑު ލެވަލް ކުރުމާއި ރަންވޭގެ މަސައްކަތްތައް."

އެއާޕޯތް އެޅުމަށް ހޯރަފުށީގެ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.

އެއާޕޯޓް އަޅަން ހޯޜަފުށި ފަޅުން ހިއްކިބައި-- ފޮޓޯ: މުހައްމަދު ވަހީދު

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 198.3 މިލިއަން ރުފިޔާ އަށެވެ.

ހޯރަފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް އިފްތިތާހްކުރީ މި އަހަރުގެ މާޗްމަހު 25 ވަނަ ދުވަހު އެވެ. އަދި ބިން ހިއްކަން ފެށީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އެންމެ ފުރަތަމަ އެއާޕޯޓް އަޅަން އުޅުނީ ހއ. މާފޮނިޅޮގަ އެވެ. އެހެން ނަމަވެސް އާ ސަރުކާރު ހަވާލުވުމަށް ފަހު ވަނީ އެ ޕްރޮޖްކެޓްގެ މަސައްކަތް ހއ. ހޯރަފުއްޓަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް