އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

"ސޯރާ....ސޯރާ.." އާރްޔާ މަޑުމަޑުން ކިޔައިލުމުންވެސް ބިރުވެރިގޮތަކަށް އެ އަޑު ގުގުމާލައިފިއެވެ.

ކަށްވަޅުފަދަ އަނދިރިކަމުގެ ތެރޭ ފާރަށް ލެނގިލައިގެން ހުރެ ފުންކޮށް ނޭވާލަމުން ހިތުގެ ހިނގުން ހަމަޔަކަށް އަޅުވަން އޭނަ މަސައްކަތްކުރިއެވެ. ކުއްލިއަކަށް އެކަތައިގެ ބާރު ހުރި އަތަކުން އޭނަ އުފުލައިލުމާއެކު އާރްޔާ ކަންފަތް ހަލާކުވާފަދަ ގޮތަކަށް މެދުކެނޑުމެއްނެތި ހަޅޭއްލަވަންފެށިއެވެ. އަދި އޭނަ ކޮނޑަށް ލައިގެން ހުރި މީހާގެ ބުރަކަށީގައި ދެއަތުން ތަޅައިގަތުމުންވެސް އެމީހާގެ ހިނގުމަށް ބަދަލެއް ނައެވެ.


ކިތަންމެ ވަރަށް ލޯ ބޮޑުކޮށްފައި ހޯދިޔަސް ތަނެއް ދޮރެއް ފެންނަނީއެއް ނޫނެވެ. ނަމަވެސް އަނދިރީގައިވެސް ފާހަގަވީ އެމީހަކު އުސް ހިލަތައް މަތިން އަރާކަމާއި ތިރިއަށް ފައިބާކަމެވެ. ހަޅޭއްލަވާފައި ކަރުތެރެއިން ހަންގޮސްދާނެހެން ހީވުމުން އާރްޔާ މައިތިރިވިއެވެ. ވަރުބަލިވެސް ވާނީ ނޫންހެއްޔެވެ؟ މި ނުފެންނަ ދުޝްމިނާއާއި ކުރިމަތިލާން އޭނަގެ ހިތްވަރު ހުންނަން ޖެހޭނެއެވެ.

"ޕްލީޒް އަހަރެން ބިންމަތީ ބަހައްޓާ. އުފުލާލައިގެން ނުދިޔަސް ހިނގާފައިވެސް ގޮސްދާނަމޭ................" އާރްޔާ ކަރުކެހިލާފައި ރީތިކޮށް ބުނެލީ މިއީ ކާކުކަން ހިތަށްވެސް ނުގެނެވި ހުރެއެވެ. ސޯރާގެ ލޯބިވެރިޔާ ބާވައެވެ. ނޫނީ އޭނަ ސްވިޒަލެންޑުން މިތަނަށް ގެނައި ފެހި ލޮލުގެ ވެރިޔާހެއްޔެވެ. އޭނަ އެކަނި ދޫކޮށްފައި ސޯރާ ދިޔައީ ބާވައެވެ.

ދިހަވަރަކަށް މިނިޓް އަނދިރީގައި ދަތުރުކުރުމަށްފަހު ފިނިކަމުން ގަނޑުފެން ހެން ހީވާ ވައި އޭނަގެ މޫނުގައި ބީހުމާއެކު ލޯ ހުޅުވާލެވުނުއިރު ދުންފިނިބޯކަމާއެކު މި ތިބެވުނީ ހޮހަޅައިން ބޭރުގައި ކަން ޔަގީންވިއެވެ. ކޮންމެވެސް ވަރަކަށް ތަންތަން ފެންނާންފެށިއެވެ. ނަމަވެސް މުޅި ރަށްވަނީ ކަނު އަނދިރީގެ ސާލެއް އޮޅާލައިގެންނެވެ. ހަނދުވެސް ދުނިޔެއާއި ރުޅިހަދާލާފައެވެ. ބިންމައްޗަށް އަލިކޮށްދޭ ވޮށެއްފަދަ ހަނދުގެ އަލިކަމެއް ނެތެވެ. ދުރުދުރުން ޖަނަވާރުތަކުގެ ބިރުވެރި އަޑުތައް އިވޭހެން ހީވެއެވެ. ނުދަންނަ އާ އަޑުތަކެވެ. އެނަ ހުރީ އާކްޓިކް ސަރަހައްދުގެ ފިނިކަމަށް ތައްޔާރުވެގެންނެވެ. ސެފްރަންގެ ގަނޑުވަރު ފަރުބަދަމަތީގައި ހުރުމާއެކު އެތަން ވަކިން ފިނިގަދަކަން އަންގާދީ ސޯރާ އާރްޔާއަށް އެންގީ ފިންޏަށް ރަގަޅަށް ތައްޔާރުވެ ހެދުން އެޅުމަށެވެ. ކުޑައިރުއްސުރެން ސްވިޒަލޭންޑްގައި އުޅެ ބޮޑުވިކުއްޖަކަށް ވާތީ ފިންޏަކީ ކޮބާކަން އޭނަ ދަނެއެވެ. ނަަމަވެސް މިހާ ގަދަ ފިންޏަށް ނުކުމެވެމުން ކަށިތައްވެސް ތޮރުފައިލިފަދައެވެ. ހާމަ ބިމަށް ނުކުމެވުމުން ސްނޯއިން ފުރިފައިވާ މަގުން އެ މީހާ ދުވަންފެށިއެވެ.

"އޭ ހުއްޓޭ މޮޔަވީތަ؟ "" އާރްޔާ ރުޅިގަދަވެފައި އަޑުކޮޅަށް ކިޔައިލިއެވެ.

އޭނަ ކިޔާ އެއްޗެއް ދޭހަނުވަނީހެން ހީވެފައި ބެންތިކް ބަހުން އާރްޔާ އެދުމުންވެސް ވީކަމެއް ނެތެވެ.

ފަނަރަވަރަކަށް މިނިޓްފަހުން އެމީހަކު ވަރުބަލިވީކަން ނޭގެއެވެ. އެމީހަކު އޭނަ ބިންމަތީ ބެހެއްޓުމާއެކު އާރްޔާ ޖީބުގައިވާ ފޯނު ނަގާފައި އެމީހެއްގެ މޫނަށް ސީދާ އަލި އަޅުވައިލުމާއެކު ތުރުތުރުއަޅައިގެންފާ ފޯނު އަތުން ދޫވިއެވެ. ބަލައިލެވުނީ ކްރިމްސަން ކުލައިގެ ރީތި ރީތި ދެލޮލަށެވެ.

"ސެފް.......ރަން" އާރްޔާއަށް އެ ނަމުން ކިޔައިލެވުނީ އަޑު ކެނޑިގެންނެވެ. އަނގައިން ނުކުތް އާވިތައް ދުންތަކެއްގެ ސިފައިގާ ފެތުރުނެވެ.

އެއާއެކު އާރްޔާއަށް ފިނީގެ އަސަރު މާ ބޮޑަށް ކޮށް ހަށިގަނޑުގައި ދެއަތުން ބައްދާލެވިއްޖެއެވެ.


"ކަލޭ މިރަށުގައި ބެހެއްޓުމުގެ މާނައެއް މަށަކަށް ނުފެނޭ. ދަތުރުކުރަން ފަށާތާ ގިނައިރެއްނުވެ ކަލޭގެ ނަސްލު މީހުންނާއި ދިމާވާނެ......" ސެފްރަން އެއްފަރާތުގައި ހުރި ސްޓޯރެއްކަހަލަ ތަނެއް ހުޅުވާފައި ނެރުނު ޑިންގީއެއް ދަމަމުންގޮސް ކަނޑުގެ އައްސޭރިފަށަށް ވައްޓާލައިފިއެވެ. ކަނޑު އެއްކޮށްހެން ގަނޑުވެފައި އޮތަސް އޭނަގެ ފަރުވާލެއްނެތެވެ. މި އަންހެންކުއްޖާ އޭނަގެ ގަނޑުވަރުގައި ގެންގުޅެންވެއްޖެއްޔާ އޭނަ އަތުން އިތުރު ފުރާނައެއް ދުއްވައިލެވިދާނެއެވެ. ގަންދީޝާ ގަސްތުކުރާގޮތް އެނގުމުން އޭނަ އަށް ފެންނަ ފިޔަވަޅެއް އަޅަން އޭނަވެސް ނިންމީއެވެ.

އާރްޔާ އެ މަންޒަރު ބަލަން ހައިރާންވެފައި ހުރުމަށްފަހު ސިއްރު ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު ގުދުވެ ފޯނުނެގިއެވެ. ޖެއްސީ ވީޑިއޯކޮށްލާށެވެ.

"ޑޭ ސިކްސްޓީ. އިޓްސް އާރްޔަ އެގެއިން.. ޑޯންޓް މައިންޑް ދަ ޗެޓަރިން އެކަމަކު އިޓްސް ފްރީޒިން ކޯލްޑް. އައިމް ބީން ކިޑްނެޕްޑް. މި ރަތް ދެލޯ ލީ މީހާ ކުރަން އުޅޭކަމެއްވެސް ނޭގޭ. މިހާ އާދަޔާ ޚިލާފު އިންސާނެއް ނުދެކެން. މުޅިން ކޯޓުގައި ނިވާވެގެން ހުރިއިރު އަހަރެން ކުޅޭ މިވަރުގެ މިސްޓީރިއަސް ކަމެއް ނުދެކެން. އަހަންނަށް ގޭމްވޯލްޑަށް އާދެވުނީތަ؟ މޭ ބީ ދިސް އިޒްންޓް ރިއަލް. އަދިވެސް ހުވަފެނެއްގައި މިހުރެވުނީ. އިޓް ސީމްސް ލައިކް ސޯރާ ބިޓްރެއިޑް މީ. ހީ ހެޒްންޓް ހާޓް މީ ޔެޓް އެކަމަކު ވަރަށް ނުރައްކާކަން ފީލް އެބަވޭ......މިހާރު އެހެރީ.................." އާރްޔާ ދެން ޒޫމް އިން ކޮށްލީ ސެފްރަންއަށެވެ. އޭރު އޭނަ އުޅެނީ ޑިންގީ ދަމާފައި ކަނޑަށްލުމުގެ މަސައްކަތުގައެވެ. ކުއްލިއަކަށް ސެފްރަން އެނބުރި ބަލާލައިފިއެވެ. ވީޑިއޯ ތެރެއިން ރަތް ދެލޯ ދިއްލިފައިވާތަން ފެނި އޭނަ ފޯނު އަތުލަފާނެކަމުގެ ބިރުން އަވަސް އަވަހަށް ފޯނު ފޮރުވަން އުޅެގަތެވެ.

"އައި ހޭޥް ޓު ގޯ. ގޯޑް ސޭވް މީ. އާރްޔާ ފްރޮމް ނޯ ވެއާ....." އާރްޔާ އެ ޖުމްލަތައް ކިޔައިލީ ވައި އަޑަކުން އަމިއްލަ ނަފުސަށް އިވޭވަރަށެވެ.

މިއީ އޭނަގެ ޑައިރީއެވެ. އޭނަގެ ޖާނަލްއެވެ. އޭނަ މަރުވިޔަސް ކޮންމެވެސް ބަޔަކަށް އޭނަގެ ހާލަތު ތަސައްވަރު ކުރެވިދާނެކަމަށް އޭނަ އުއްމީދުކުރިއެވެ.

ސެފްރަންއަށް އޭނަ ދައްކާ ވާހަކަ ނޭގޭނެތާއެވެ.

"ކީކޭ އޭރު ބުނީ....." އާރްޔާ ސުވާލުކުރީ ބެންތިކް ބަހުންނެވެ. ބަސްދަސްކުރުމަކީވެސް ބައެއް މީހުންނަށް ލިބިފައިވާ ހުނަރަކީކަން ނޭގެއެވެ. އާރްޔާ އެހާ އަވަހަށް ބެންތިކް ބަހަށް ފަރިތަވީ އޭނަގެ އަޒުމް ވަރުގަދަކަމުންނެވެ. ކަމެއް ކުރަން ހިތުގައި ލައިފިއްޔާ އާރްޔާ އެކަމެއް ނިންމާފައި ނޫނީ ނޭވާނުލައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.

"އިންސާނުން އުޅެންޖެހެނީ އިންސާނުންނާއެކު. މިތަނުން ދޭ...." ސެފްރަން އާރްޔާއާއި ހަތަރުކަޅިހަމަކޮށްލި ވަގުތު އާރްޔާގެ ހިތަށް ޖެހިލުންވާކަހަލަ ގޮތެއްވިއެވެ. އިންސާނުންނާއެކު އުޅެންޖެހެނީ އިންސާނުންނޭ އޭ އެބުނީ ސެފްރަން އިންސާނަކަށް ނުވާތީހެއްޔެވެ؟ އާރްޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދަތުރުކުރަންފެށިއެވެ.

އާރްޔާ އެވަރުންވެސް ހިތުގައިވާ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވިއެވެ. ސެފްރަން ދާން ހިނގައިގަތުމުން ފަހަތުން ދުވެފައިގޮސް ކުރިބެއްދިއެވެ. މިކުޑަކުއްޖާގެ ހިތްވަރުފެނި ސެފްރަންވެސް ހައިރާންވެ ދެލޯ ހަނިކޮށްގެން ބަލައިލިއެވެ. އެއްޗެކޭ ބުނަން އުޅެނިކޮށް ކުއްލިއަކަށް އަޒްކީލް ކުރިމަތިން ފައުޅުވުމުން ބިރުންގޮސް އާރްޔާއަށްވެސް އަޑެއް ލައްވާލެވުނެވެ.

މުޅިން ކަޅުކުލައިގެ ފިނިހެދުމުގައި ފޮރުވިގެން ހުރި ބިޔަ މީހާގެ ދެލޯ ފިޔަވާ އެހެން ތަނެއް ނުފެނުނު ކަމުގައިވިޔަސް އޭނަ ވަގަށް ނެގީ މި މީހާކަން ވިސްނި އާރްޔާއަށް އަނގަ ހުޅުވުނެވެ.

"ކަލޭ............."

"ޝްޝްޝް............ކަލޭ ކަލޭ ކިޔައިގެން ޒުވާބުކުރަން އަނގަ ހުޅުވަންވެސް ހިތަށް ނާރާތި............." އަޒްކީލް އަތް ދިއްކޮށްލާފައި އިންޒާރުދޭ ރާގަކަށް ވާހަކަދައްކަން ފެށުމުން އާރްޔާ މައިތިރިވީ ކޮންމެހެން ބިރަކުން ނޫނެވެ. އެ ލޮލުގައި ހުރީ އެހެން ކަހަލަ ބާރެކެވެ. އޭނަގެ ސިކުނޑިއާއި ކުޅެލިފަދައެވެ. އާރްޔާ ބިރުން ގުޑިލަން ނުކެރިފައި ޖެހި ބުދެއްހެން ހުރީ އަޒްކީލްގެ ލޮލުގައި ވި ބާރަކުންނެވެ. އަޒްކީލް ދެން އެނބުރުނީ ސެފްރަންއާއި ދިމާލަށެވެ. ސެފްރަންއާއި ވާހަކަދެއްކިއިރު އެ އަޑަށް އޯގާތެރިކަމެއް ވެރިވިއެވެ. "ސެފް ކިހިނެއް ހަދަން އުޅުނީ. މަންމަ ހިތްހަމަނުޖެހޭނެކަން ސެފްއަށް އިނގެންވާނެ. މި އިންސި ސަލާމަތުން ދިޔަދީގެން ނުވާނެ....."

އަޖައިބެއްފަދަ ދެމީހުންނާއިމެދު ވިސްނަން ހުއްޓާ ކުއްލިއަކަށް އާރްޔާގެ ހެޔަށް ގޮތެއްވިއެވެ.

***

އާރްޔާއަށް ހޭލެވިގެން ލޯ ހުޅުވައިލިއިރު އޭނަ އޮތީ ކުޑަ ކޮޓަރިއެއްގައެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ފާނޫޒުގެ ހުޅުކޮޅުން ތަނަށް ފަނޑުއަލިކަމެއް ވެރިވެފައިވިއެވެ. ރޫރޫއަޅާގޮތްވެފައި އާރްޔާ ރަޖާގަނޑުތެރޭ ފޮރުވިގަތެވެ. ނަސީބަކުން އަތް ކާއްތާލާއިރަށް ފޯނު އަތުގައި ޖެހުނެވެ. އޭނަ ކަލަންޑަރާއި ގަޑިވެސް ބަލައިލިއެވެ.

"ހޭ އާރްޔާ..." ސޯރާ ދޮރު ހުޅުވައިލިތަން ފެނިފައި އާރްޔާ ބަލަން އޮތެވެ.

"ސޯރާ ކިހިނެއް ހެދީ. ސޯރާ ތިކުޅޭ ކުޅިގަނޑެއް މަށަކަށް ނޭގުނު.."އާރްޔާ ބުނެލީ ނުރުހުންވެފައެވެ.

"ހުވާ މިބުނީ.. އަހަރެން ގަސްތުގައި ކުރިކަމެއްނޫން. ސެފްރަން ހޮހަޅައިން ފެނުނީމަ ހާސްވެގެން އަވަހަށް އަހަރެން ދިޔައީ. މާފުކުރޭ އާރްޔާ. އަހަންނަކީ ނުރައްކަލަށް މަގޭ އެކުވެރިޔާ ދޫކޮށްލާފައި ދާ ޒާތުގެ މީހެއް ނޫން. ނަމަވެސް ކުޑަ ސާހަބު ފެނުނީމަ.........................." ސޯރާ މާފަށް އެދުނެވެ.

"އެހެންވިއްޔާ މިއީ ކޮންތަނެއް؟" ޝައުގާއެކު އަހައިލަމުން އާރްޔާ ހީލިއެވެ.

"މިއީ ޚާދިމާއިން އުޅޭ ކޮޓަރިތައް. މި ކޮޓަރިތައް މިހިރީ ގަނޑުވަރުގެ އެންމެ ތިރީގަ. މިބުނީ ބިންގަރާސް ބައިގާ. އޭގެ މާނައަކީ އާރްޔާވެސް އަހަރެމެންނާއިއެކު ޚާދިމާއެއްގެ ގޮތުގައޭ މަސައްކަތްކުރާނީ. އެކަމަކު އެހެން ޚާދިމާއިން ފެނުމުގެ ކުރިން އާރްޔާއަށް ނޭގި އޮތްކަމެއް ބުނެފާނަން. އަހަރެމެންނަކީ އިންސިންނެއް ނޫން............................" ސޯރާ ބުނެލީ އުދަގޫވެފައި ހުރެއެވެ.

"ކީކޭ އިންސިންނެއް ނޫނޭ...." އާރްޔާގެ މުޅި ހަށިގަނޑު ފިނިވިއެވެ.

"އާނ އާރްޔާ. ބިރުނުގަންނާތި...." ސޯރާގެ ދެފައި އޭރު ބިންމަތީގައި ނުޖެހެއެވެ. އޭނަ ހެދުން ހިއްލާލާފައި ފައިތިލަ ދެއްކިއެވެ. ކަށި ފަޅާފައި އަހެއްގެ ދެފައިގޮތަށެވެ. އާރްޔާގެ ހިތް ތެޅެންފެށިލެއް ބާރުކަމުން މޭގަނޑު ފަޅާލާފައި ނުކުމެދާނެހެން ހީވި ވަގުތުކޮޅެކެވެ.

"އާރްޔާ ވަގަށް ނަގައިގެން ގެނެސް ޖިންނިން ދިރިއުޅޭ ރަށެއްގައި ޖިންނި ގަނޑުވަރެއްގެ ހިމާޔަތުގައި ތިހިރީ. ގަންދީޝާއަކީ ރަސްގެފާނު ޖަލްޖާލޫތުގެ އަނބިކަލުން..އެދެމަފިރިންގެ ކުދިންގެ ތެރެއިން އަހަރެން ދަންނަނީ އަޒްކީލް އެންޖެލާ އަދި މިރިއަމް. އެހެން ކުދިން އުޅެނީ ހީވާގޮތުން ކަނޑު އަޑީގައިވާ ބެންތިކް ރަށުގައި...ސެފްރަންއަކީ އެންޖެލާގެ ފިރިމީހާ............." ސޯރާ ކިޔައިދިނެވެ.

ވީއިރު ސެފްރަންއައި އަޒްކީލްއަކީވެސް ޖިންނިންނެވެ. އެދެމީހުންނަށް ލިބިފައިވާ ކްރިމްސަން އަދި ގަދަ ފެހިކުލައިގެ ދިއްލިފައިވާ ދެލޮލުގެ ހަގީގަތް އާރްޔާއަށް ފާޅުވެއްޖެއެވެ. އޭނައަށް މިއުޅެވެނީ ހަގީގަތުގައިވެސް ފައިނަލް ފެންޓެސީ ދުނިޔޭގައެވެ. އޭނައަށް ރީތިވި އެ ލޯތަކަކީ ލޯމައްޗަށް ދައްކާލާ ދަޅައެކެވެ. ޖިންނިންގެ ސިފަ ރީއްޗެއް ނުވާނެއެވެ. އާޔާ އޭނަގެ މަގާމުގައި ހުރިނަމަ ލިބޭ ޝޮކުން މަރުވާނެކަމާއިމެދު ޝައްކެއް ނެތެވެ. އާޔާހާ ފިނޑިނުވިޔަސް ޖިންނިންގެ ރަށެއްގައި ހުރެވުމަކީ ކޮންމެ އިންސާނަކުވެސް ބިރުން ރޫރޫއަޅާނެ ވަރުކަމެއް ނޫންހެއްޔެވެ؟ ހަމަ ކުއްލިއަކަށް އާރްޔާ އިންތިހާއަށް ބިރުގަނެއްޖެއެވެ. އެކަނިވެރިކަމާއި ބިރުވެރިކަން އޭނަގެ ލޭނާރުތަކަށް ދާންދެން ހިސާރުކޮށްފިއެވެ.

"މިތަނުން މިވަގުތު ދޭ......." އާރްޔާ ސޯރާދެކެވެސް ބިރުގަނެއްޖެއެވެ.

އެނދަށް އަރާ ރަޖާގެ ދަށުގައި ފޮރުވިގެން ދެލޯ މަރާ ބާރުކޮށްލައިގެން އޮތްވާ ކަރުނައިގެ ތިކިތައް ބާލީސް ތެންމަންފެށިއެވެ. އިންސާނުން ތެރޭ ހުރިނަމަ ސަލާމަތްވާން ފަސޭހަވެދާނެއެވެ. ނަމަވެސް އޭނަގެ ބަދުނަސީބުކަމުން މިހުރެވުނީ ޖިންނީންގެ ތެރޭގައެވެ. އެހެން އޮވެވެސް އާރްޔާ ކުޑަ ވީޑިއޯއެއް ނެގިއެވެ. ކަރުނުން ފުރިފައިވާ ލޮލާއެކުވެސް އޭނަ ހީލިއެވެ. ރޮއިގެން އެއްވެސް ކަމެއް ހައްލެއްނުވާނެއެވެ ހެއްދެވި ފަރާތުގެ މަދަދަށް އެދިފާ އާރްޔާ ގުރުއާން އެޕް ހުޅުވިއެވެ. ޖިންނި ސޫރަތުގެ އާޔަތްތައް ވިސްނުން ތެރިކަމާއިއެކު ކިޔަވަންފެށިއެވެ. މާނައާއިމެދު ވިސްނިއެވެ. ޔަގީނުންވެސް ޖިންނިންނަށްވުރެ މާތްކުރައްވާފައި ގަދަކުރައްވާފައި އިންސާނުންވާއިރު އެމަޚުލޫގުންގެ މައްޗަށް ކުރި ހޯދެވޭނެއެވެ. ނަމަވެސް ކުޑަކުއްޖަކަށް އަނދިރި ބާރުތަކާއި ހަނގުރާމަ ކުރެވޭނެހެއްޔެވެ؟ އާއެކެވެ. އޭނައަށް އިރާދަކުރެއްވިއްޔާ ވާނެއެވެ.

***

ސެފްރަން އޭނަގެ ޕޯލާބެއާ ގޮވައިގެން ކުޅެން ދިޔައީ އާކްޓިކް ކަނޑުގެ އައްސޭރިފަށަށެވެ. އެތާ އަޒްކީލް އަޅާފައި ހުންނަ ގަނޑުވަރަށް ވަނުމުގެ ހުއްދަ އެއްވެސް މީހަކަށް ނޯވެއެވެ. އަޒްކީލް އެތަނުގައި ފޮރުވާފައިވަނީ ކޮންފަދަ ބޮޑު ސިއްރެއް ބާވައޭ ސެފްރަންގެ ހިތަށް އެރިއެވެ. ފިރިހެންކުއްޖެއްގެ ހުނުމުގެ ކަންފަތުގައި ޖެހުމުން ސެފްރަންގެ ހިތް އަވަސްވިއެވެ.

"ސިއްރު އަންބަކާ ދަރިން.. އެނޫން ކޮންގޮތަކަށް ވިސްނާނީ..................ހެހެ.." ސެފްރަން އެތަނުން ދާން ހިނގައިގަތީ އަޒްކީލްއަށް ފެނި އޭނަ ޖާސޫސްކުރަނީކަމުގައި ހީކޮށްފާނެތީއެވެ.

ގަނޑުވަރަށް އެރެން އޮންނަ ހިލަތަކުން ފުރިފައިވާ މަގަކާއި ދިމާލަށް ހިނގައިގެންފާ ފެނުނު މަންޒަރަކުން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

(ނުނިމޭ...)

https://sun.mv/123757

comment ކޮމެންޓް