ދިރާގުގެ ހަލުއި އިންޓަނެޓް ތަޖުރިބާކޮށްލަން ހާއްސަ ޕްރޮމޯޝަނެއް

ދިރާގުން ވަނީ ފިކްސްޑް ބްރޯޑްބޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި --

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލާ، މަތީ ސްޕީޑެއްގެ އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ދެ މަސްދުވަހުގެ މުއްދަތަށް މަތީ ސްޕީޑު އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަން ކުރިއަށް ދާނީ ސެޕްޓެމްބަރު ތިނަކުން އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ގެންގުޅޭ ޕެކޭޖްގެ އަގުގައި އެ ޕެކޭޖައްވުރެ މަތީގެ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެއާއެކު ގިނަ އެލަވަންސް އަދި މަތީ ޕެކޭޖްގެ ސްޕީޑް ތަޖުރިބާ ކޮށްލެވޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އަނބުރާ ކުރީގެ ޕެކޭޖައް ބަދަލުވެސް ކުރެވޭނެ އެވެ. ދެ މަސްހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރުވެސް ކަސްޓަމަރުންނަށް އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ދިރާގު ވެބްސައިޓްގެ މައި އެކައުންޓުން ޕެކޭޖް ބަދަލުކުރުމަށް އެޕްލައި ކުރެވޭނެއެވެ. ވެބްސައިޓްގެ އިތުރުން އީމެއިލް، ނުވަތަ 123 އަށް ގުޅައިގެން ނުވަތަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކަށް ގޮސްގެންވެސް ޕެކޭޖު ބަދަލުކުރެވޭނެއެވެ.

ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅުކޮށް ހިދުމަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ދިރާގުގެ އަމާޒު ކަމަށާއި އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް