ރަސްމީ ދަތުރުފުޅަށްފަހު ރަނިލް ފުރައިވަޑައިގެންފި

ސެޕްޓެމްބަރ 2، 2019: ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ރާއްޖެ ވަޑައިގެން، މާލެއިން ހޫނު މަރުހަބާއެށް ކިއުން -- ފޮޓޯ/ ރައީސް އޮފީސް

ސްރީލަންކާގެ ބޮޑުވަޒީލް ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރައިވަޑައިގެންފިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ބޮޑުވަޒީރު ރަނިލްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ، މިދިޔަ ހޯމަ ދުވައެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ވަނީ ބައްވައި، ރާއްޖެއާއި ލަންކާއާއި ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެއެވެ. އަދި ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ސޮއިކޮށްފައިވަނީ، ވިސާގެ ލުއިދޭ އެއްބަސްވުމާއި، ޒުވާނުން ބިނާ ކުރުމަށް އެހީދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާއާއި މަތީ ތައުލީމާ ގުޅޭ އެއްބަސްވުމެކެވެ.

ރަނިލްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުވެސް ކުރައްވާފައެވެ. އޭގެ އިތުރުން އޭނާ ވަނީ، އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާފައިވެއެވެ.

comment ކޮމެންޓް