300 ބައިވެރިންނާ އެކު އައިޔޫއެމްގެ މަހާސިންތާ ފަށައިފި

އައިޔޫއެމްގެ މަހާސިންތާ ފެށުން -- ފޮޓޯ: އައިޔޫއެމް

އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ (އައިސީއައިއޭ) ގެ މި އަހަރުގެ މަހާސިންތާ މިއަދު ފަށައިފި އެވެ.

މި އަހަރުގެ މަހާސިންތާ ބާއްވަނީ "އިލްމު ހިއްސާކޮށް އިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން" މި މައުލޫގެ މައްޗަށެވެ.

އައިސީއައިއޭ 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާއި އެންވަޔަރުމަންޓް މިނިސްޓަރު ހުސެން ރަޝީރު ހަސަން ބައިވެވަޑައިގެންފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި މަހާސިންތާގައި ޖުމްލަ 50 ދިރާސާ ކަރުދާސް އަދި ފަސް ޕޯސްޓަރު ހުށަހަޅާއިރު އޭގެ ތެރޭގައި ސައުތުއޭޝިޔާގެ އެކި އެކި ގައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 35 ކަރުދާހަކާއި ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނެ އެވެ.

މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރްކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ގުރުއާނުގެ ސައިންސް، ޝަރީއާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލެންގްވޭޖް އެންޑް ލިޓްރޭޗާ ހިމެނެ އެވެ.

އައިޔޫއެމްގެ ފަރާތުން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި މަހާސިންތާގައި މި އަހަރު ކަރުދާސް ހުށަހަޅާ ފަރާތްތަކާއިއެކު ޖުމްލަ 300 އަށް ވުރެއް ގިނަ ބޭފުޅުން ބައިވެރިވެ އެވެބައިވެރިންގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވަލް އަށް ކިޔަވާ ދަރިވަރުން އަދި އެހެނިހެން ޔުނިވާސިޓީ، ކޮލެޖްތަކުގެ ދަރިވަރުން ހިމެނެ އެވެ.

މިއަހަރުގެ ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރަކީ އަކީއެސްޓީއޯ އެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާއި އަމާނާ ތަކަފުލްއިންވެސް ވަނީ މި ކޮންފަރެންސަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް