"ބަވަތި"ގެ އާ ލަވަ އެއް ދައްކާލައިފި

"ބަވަތި"ގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ އާ ލަވައެއް ދައްކާލައިފި އެވެ.

އަންނަ މަހު ދެވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި ފިލްމު އަޅުވަން ނިންމާފައިވާ އިރު މިހާރު ކުރިއަށްދަނީ ފިލްމު އެޅުވުމުގެ އެންމެ ފަހުގެ މައްސައްކަތެވެ.

އިއްޔެ ބަވަތިގެ ޓީމުން އާ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު އެ ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޔާމިން ރަޝީދެވެ. އެ ލަވައިގެ މިއުޒިކް އަދި މެލޮޑީ ތައްޔާރުކުރީ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދެވެ. އަދި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އިސްމާއިލް އަދީލް (މިސްޓީ) އެވެ.

މަޑުމައިތިރި އެ ލަވައިގައި ރާއްޖެތެރޭ ރަށެއްގެ ހިތްގައިމު މަންޒަރު ފެނިގެން ގޮސްފައިވެ އެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ.

ފިލްމުގެ ޓްރެއިލާއިން ސުވާލު އުފެދޭ ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެން ވަނީ ގޮއްސަ އެވެ. އަދި މި ފިލްމަކީ ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

އެ ފިލްމަށް ޓިކެޓް ވިއްކުން އޮލިމްޕަހުގެ މިހާރު ވެސް ކުރިއަށް އެބަދެ އެވެ.

comment ކޮމެންޓް