އަށްވަނަ ފަންގިފިލާއިން ފިލާގަނޑެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

މާލެ ސިޓީ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާފަންނު ގެއެއްގެ އަށް ވަނަ ފަންގިފިލާގެ ބެލްކަނީގައި ހަރުކޮށްފައި ހުރި ފިލާގަނޑެއް ވެއްޓި އެ ސަރަހައްދުން ހިނގާފައި ދިޔަ ފިރިހެނެއްގެ ބޮލުގައި ޖެހި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:03ގައި ހުށައަޅާފައިވާ ކަމަށެވެ. ހާދިސާ އާ ގުޅިގެން އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް