"އަހަރެންނާއި މެސީ ވާހަކަ ދައްކަނީ ފުޓުބޯޅައިގެ އެއްބަހުރުވަޔަކުން"

މެސީގެ ގޯލަށް ފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ގިނަ ކުލަބުތަކަށް އިރުޝާދުދީފައިވާ ރަފާ ބެނީޓޭޒް ކޯޗެއްގެ ގޮތުގައި އެންމެ ބޭނުންވި ކަމަކީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއަށް ކޯޗުކަން ކޮށްދިނުން ކަމަށް އޭނާ ބުނެފި އެވެ.

ސްޕެއިނަށް އުފަން މަޝްހޫރު ކޯޗު ބެނިޓޭޒް މިހާތަނަށް ޔޫރޮޕުގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ އިރު އޭނާ މިވަގުތު ކޯޗުކަން ކޮށްދެމުން އަންނަނީ ޗައިނާގެ ޑައިލަން ޔިފަންގަށެވެ. ބެނިޓޭޒްގެ ކޯޗިންގް ކެރިއަރުގައި އޭނާ ވަނީ ދުނިޔެ ދުށް އެންމެ މޮޅެތި ބައެއް ކުޅުންތެރިންނަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ. އެގޮތުން ފަސް ފަހަރެއްގެ މަތިން ބެލެންޑިއޯ ހޯދައިފައިވާ ކްރިސްޓިއާނޯ ރޮނާލޯޑޯއާއި ސްޓީވެން ޖެރާޑް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ބެނިޓޭޒް ނިއުކާސަލް ކުޅުންތެރިއަކާ އެކު --- ފޮޓޯ: އޭޕީ

ނަމަވެސް އޭނަގެ ކޯޗިންގް ހަޔާތުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ބުނީ އޭނާ އެންމެ ބޭނުންވި ކަމަކީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއަށް ކޯޗުކަން ކޮށްދިނުން ކަމަށެވެ.

"އޭނަގެ ކުޅުން ހިތްގައިމު ކަމުން އަހަރެންނަށް ބައެއް ފަހަރު ހުރެވޭ ރޮނގުމަތީ އާޝޯހުވެވިފައި،" ބެނީޓޭޒް ބުންޏެވެ.

އޭނާ ބުނީ މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި އާޖެންޓީނާ ފަރިތަކުރުންތަކެއް ބަލާލުމަށް އޭނާ ދިޔަ ކަމަށާއި އެ ދުވަހު އޭނާ މެސީއާ ވާހަކަ ދެއްކި ކަމަށެވެ.

"އަހަރެންނާ މެސީއާ ވާހަކަ ދައްކަނީ ފުޓުބޯޅައިގެ ނަޒަރިއްޔާތަކުން ބުނާނަނަމަ އެއްބަހުރުވަޔަކުން."

ބެނިޓޭޒް މީގެ ކުރިން ވަނީ ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ. އެދުވަސްވަރު ބާސެލޯނާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗެއްގައޮ ބާސެލޯނާ ވަނީ ހަތަރު ގޯލުގެ ލީޑަކުން އެ ޓީމު ބަލިކޮށްފަ އެވެ.

އޭނާ ބުނީ މެސީގެ އިތުރުން ލިވަޕޫލްގެ ޑިފެންޑަރު ވާގިލް ވެންޑައިކަކީ ވެސް އޭނާ މަސައްކަތް ކޮށްލަން ބޭނުންވާ ކުޅުންތެރިއެއް ކަަމަށެވެ. ބެނިޓޭޒް ވަނީ 2006-2007 ވަނަ ސީޒަނުގައި ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ތަށްޓެއް ހޯދައިދީފަ އެވެ.

comment ކޮމެންޓް