ޔޫއްޕެގެ "ކޮސް ގިނަ މިސްޓޭކް" އަންނަ ނޮވެމްބަރު ގައި ސްކްރީނަށް

ކޮސް ގިނަ މިސްޓޭކް ގެ ޕޯސްޓަރެއް---

ވީމީޑިއާގެ ދެވަނަ ފީޗާ ފިލްމު "ކޮސް ގިނަ މިސްޓޭކް"ގެ ޝޫޓިން ފަށައި އެ ފިލްމު އަންނަ ނޮވެމްބަރު މަހަށް ތާވަލްކޮށްފިއެވެ.

ރޮމޭންޓިކް ކޮމެޑީ އޮފް ދަ އިޔާ ގެ ހޭޝްޓޭގް ބޭނުންކޮށް އެ ފިލްމު ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރަމުން އަންނަ އިރު އެ ފިލްމުގެ ޝޫޓިންއަށް ތަރިން ވަނީ އިއްޔެ ފުރާފައެވެ.

ބޮޑު ކާސްޓެއް އެކުލެވޭ އެ ފިލްމުގެ ޝޫޓިން ކުރިއަށްދާނީ އދ ފެންފުށީ އެ އަތޮޅު މާމިގިލީގެ އިތުރުން ސަން އައިލެންޑުގައެވެ.

ފިލްމުގެ ޝޫޓިން ކުރިއަށްދާނީ އެއް މަހުގެ މުއްދަތަކަށެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، މަރިޔަމް އައްޒަ. ނުޒުހަތު ޝުއައިބު، އިރުފާނާ އިބްރާހިމް (އިރޫ)، އަހްމަދު ސައީދު، އަހްމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު އީސާ (އާނަންދު). ގުލިސްތާނު މުހައްމަދު، ހާމިދު އަލީ، ނަވާލް އަދި އިބްރާހިމް ޝާފިއު (ފުބޫ) ހިމެނެއެވެ.

ޑައިރެކްޓަރު ޔޫއްޕެ ބުނީ މި ފިލްމަކީ ހެއްވާ މަޖާ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމުގެ ތަރިންނަކީ މި ވަގުތު ރާއްޖޭގެ ފިލްމީ ދުނިޔޭގައި އެންމެ ފުންނާބު އުސް ތަރިން ކަމަށެވެ.

"ކޮސް ގިނަ މިސްޓޭކް ވެގެންދާނީ ވަރަށް އެންޓަޓެއިން ކާމިޔާބު ވަރަށް މަގްބޫލް ރީތި މޮޅު ފިލްމަކަށް"

މި ފިލްމު މި އަހަރު ރިލީޒްކޮށްފިނަމަ ވާނީ ޔޫއްޕެ މިއަހަރު ގެނެސްދޭ ހަތަރު ވަނަ ފިލްމަށެވެ.

comment ކޮމެންޓް