ގޭތެރެ ޗާލުކޮށްލަން ވިޔަފާރި ކުރަންވީ ސޮނީ ހޯމްއިން

ސޮނީ ހާޑްވެއާއިން މީގެ ކުރިން ހިންގަމުން އައި "ދަ ސީން ބައި ސޮނީ ހާޑްވެއާ" ފިހާރައަކީ ގިނަ ބައެއްގެ މަގުބޫލުކަމާއި އިތުބާރު އެބަ އޮތެވެ.

އެ ޝޯރޫމުން ލިބެމުން ދިޔަ ކޮލިޓީ އަދި ގިނަ ދުވަހު ގެންގުޅެވޭ ހޯމް އެޕްލަޔަންސާއި ހިފައި ގެންގުޅޭ ސާމާނަކީ ގިނަ ބައެއްގެ ގެތަކާއި ބަދިގެތަކުގެ ފަޅު ފިލުވައިދިން ތަކެއްޗެވެ.

ސޮނީ ހާޑްވެއާގެ "ދަ ސީން" ފިހާރަ މި މަހު "ސޮނީ ހޯމް"ގެ ނަމަށް ރީބްރޭންޑުކޮށް، އަލުން ހުޅުވުން ވެގެން ދިޔައީ ލިބުނު އިތުރު ފުރިހަމަކަމަކަށެވެ. މިހާރު މާ ރަނގަޅަށްވެސް ގޭތެރެ ޗާލުކޮށްލައި، ކުލަކޮށްލެވޭނެ އެވެ.

މި މަހުގެ ކުރީކޮޅު "ސޮނީ ހޯމް"ގެ ނަމުގައި އެތަން ހުޅުވައި، މިހާރު އެތަނުގައި މުޅިންވެސް ހުންނަނީ ގޭތެރެ އާއި ބަދިގޭގައި ހިފައި ގެންގުޅޭ ކޮލިޓީ އެކި ސާމާނެވެ.

"މި ބަދަލާއެކު އިތުރު އައިޓަމްސް މި ފިހާރައަށް ވަނީ އިތުރުކުރެވިފައި. އަދި ކުރީގައި މިތަނުން ވިއްކި ސެނިޓަރީވެއާ އާއި ޓައިލްސްތައް ވާނީ ސޮނީ ހާޑްވެއާ ފިހާރައަށް ބަދަލުކޮށްފައި،" ސޮނީ ހާޑްވެއާގެ އެސިސްޓަންޓް މާކެޓިންގް މެނޭޖަރު މުހައްމަދު އަބްރާރު ވިދާޅުވި އެވެ.

ސޮނީ ހޯމްއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ބަދިގެއަށް ބޭނުންވާ ތެލި، ތަށި، ކަޓްލަރީޒް އަދި މިކްސަރާއި ރައިސް ކުކަރާއި ފުޑް ޕްރޮސެސަރު ފަދަ ހޯމް އެޕްލަޔަންސް ހިމެނެ އެވެ. އަދި ދޮންނަ މެޝިނާއި ފްރިޖާއި، ލޯންޑްރީއަށް ބޭނުންކުރާ ވަށިގަނޑު ފަދަ ތަކެތިވެސް ހުރެ އެވެ.

މިއީ ހުސް ދުނިޔޭގައި ނަން މަޝްހޫރު ކޮލިޓީ ބްރޭންޑުތަކުގެ ތަކެތިކަމަށް އަބްރާރު ވިދާޅުވި އެވެ. ބްރޭންޑުތަކުގެ ތެރޭގައި ފްރާންސްގެ ޓެފަލްއާއި މޮލިނެކްސް، ނެދަލެންޑްސްގެ ބްރަބަންޓިއާ އަދި އެމެރިކާގެ ޗިކާގޯ ކަޓްލަރީ ފަދަ ނަންތައް ހިމެނެ އެވެ.

މީގެ އިތުރުން ސިންގަލް-ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓަލަން ބޭނުންވާ ފަރާތްތަކަށް ރީޔޫޒަބަލް ބިއްލޫރި ފުޅި ފަދަ ތަކެތިވެސް އެތަނުގައި ހުރެ އެވެ.

"މިތަކެތި ހުންނާނީ އެފޯޑަބަލް ރޭޓުތަކުގައި، ކޮލިޓީވެފައި އަގު ހެޔޮ ވީމާ ކަސްޓަމަރުން ވަރަށް ހިތްހަމަޖެހޭނެ،" އަބްރާރު ވިދާޅުވި އެވެ.

ގޭތެރެ ރީތިކޮށްލާ ބަދިގޭގެ ސާމާނު އާކޮށްލަން ބޭނުން ނަމަ، މަޖީދީ މަގު ކުރީގެ ޕީޖީ އޮފީސް ކުރިމަތީގައި އެ ހުރި، ސޮނީ ހޯމް ފިހާރައިން ކޮންމެހެން ވެސް ވިޔަފާރިކުރަން ވާނެ އެވެ.

comment ކޮމެންޓް