އެމްއާރުއެމް އުފެއްދުމަށް ފޯމު ހުށަހަޅައިފި

އެމްއާރުއެމް އުފެއްދުމަށް ފޯމު ހުށަހެޅުން -- ފޮޓޯ: އެމްއާރުއެމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އިސްކޮށް ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭނުންވާ މެންބާޝިޕް ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްއާރުއެމް އުފެއްދުމަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން މިއަދު 3313 މެންބާޝިޕް ފޯމު، ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަށެވެ. ނަމަވެސް ޕާޓީ އުފައްދަން ދިން މުއްދަތުގައި މެންބަޝިޕް ފޯމު ހުށަހަޅައިފައެއް ނުވެ އެވެ. ފަހުން އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދޫކުރީ ރައީސް މައުމޫންގެ ދަރިކަނބަލުން، އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަށެވެ.

ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭތާ ތިން މަސް ތެރޭގައި 3000 މީހުންގެ ސޮޔާ އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެ އެވެ. ނޫން ނަމަ ހުއްދަ ބާތިލް ވާނެ އެވެ.

comment ކޮމެންޓް