މާޕްއިން އައްޑޫގައި އެޗުއާރު ސެޝަނެއް ބާއްވަނީ

މާޕްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލާނިން އެންޑް ޑިވޮލޮޕްމަންޓް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: މާޕް

ރާއްޖޭގައި ހަރަކާތްތެރިވާ އެޗްއާރު އެސޯސިއޭޝަންއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގައި އެޗްއާރު ސެޝަންއެއް ބާއްވަން ނިންމައިފި އެވެ.

މާޕްގެ ރައީސް ހުސެއިން އަފީފް މިރޭ "ސަން" އަށް ވިދާޅުވީ އެ ސެޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުގައި ހެނދުނު 09 އަކުން 12:30 އަށް ކަމަށެވެ.

މިއީ މާޕްގެ ހަރަކާތެއް މާލެއިން ބޭރުގައި ހިންގާ ފުރަތަމަ ފަހަރެވެ. އަފީފް ވިދާޅުވީ އެ އެސޯސިއޭޝަންގެ އަމާޒަކީ އެ އެޗްއާރުގެ ހަރަކާތްތައް ބޮޑެތި އާބާދީތަކަށް ވެސް ފުޅާކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ބާއްވާ ސެޝަންގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. އަދި މާޕްގެ މެމްބަރަކަށް ވުމަށް އެދި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް އެ ސެޝަންގައި ދޭނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

އަފީފް އިތުރަށް ވިދާޅުވީ އެ ސެޝަންގައި ޑިސިޕްލިންގެ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ދިމާވާ ތަފާތުކުރުންތައް ނައްތާ ލެވޭނެ ގޮތްތަކާ އަދި އެންމެންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޕެނަލް ޑިސްކަޝެންއެއް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް