މާޕްއިން ނަފްސު ބިނާ ކުރުމުގެ ކޮންޕަރެންސެއް ބާއްވައިފި

މާޕް އިން ބާއްވާ ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ/ މާޕް

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިން މީހުން ބިނާކުރުމަށް ޓަކައި ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ ނަމުގައި ކޮންފަރެންސެއް ބާއްވައިިފިއެވެ.

އެމްއެންޔޫ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ބޭއްވި އެ ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ. ކޮންފަރެންސް ކުރިއަށް ދިޔައީ މިއަދު ހަވީރު 5:00އާ ހަމައަށެވެ.

މާޕްއިން ބުނި ގޮތުގައި ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދިޔަ އެ ކޮންފަރެންސްގައި 250 އެއްހާ މީހުން ބައިވެރިވިއެވެ.

ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ، ޒަމާނާ އެއްކޮށް އުނގަނެމުނަށް ގެންނަން ޖެހޭ ބަދަލުތަކަށް ހޭލުންތެރިވުމުގެ މުހިންމުކަމަށް އަލި އަޅުއްވައިލައްވައިފައެވެ. އަދި ޓެކްނޮލޮޖީއަށް އަހުލުވެރިވެ ގައުމު ހިންގުމުގައި އެ ކުރިއެރުންތައް އެންމެ ރަނގަޅަށް ބޭނުން ކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދުނުތާ ފަސް އަހަރު ވެފައިވާއިރު، އިންސާނީ ވަސީލަތުގެ ދާއިރާއާ ގުޅުން ހުރި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގައިފައެވެ.

މި ޖަމިއްޔާގެ އެޗްއާރު ކޮންވެންޝަން އަންނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހާއި ތިން ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެ ކޮންފަރެންސްގެ މީޑީއާ ޕާޓްނަރަކީ އެސްއެސް ޓީވީ އެވެ.

comment ކޮމެންޓް