ރ. ހުރުވަޅީގައި ހިންގި ރިސޯޓް ރީބްރޭންޑުކޮށް އަލުން ހުޅުވައިފި

ރ. ހުރުވަޅީގައި ތަރައްގީކޮށްފައިވާ ރިސޯޓް -- ފޮޓޯ: ދަ ސްޓޭންޑާޑް

ރ. ހުރުވަޅީގައި ކާޕް ޑިއެމް މޯލްޑިވްސްގެ ނަމުގައި ހިންގި ރިސޯޓު ރީބްރޭންޑުކޮށް އަލުން ހުޅުވައިފި އެވެ.

އެ ރިސޯޓު ރީބްރޭންޑުކޮށް އަލުން ހުޅުވާފައި ވަނީ "ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސް"ގެ ނަމުގަ އެވެ.

ދަ ސްޓޭންޑާޑް އަކީ އެމެރިކާގެ ވިޔަފާރި ކުންފުންޏެކެވެ. މިއީ އެ ކުންފުނިން އޭޝިއާ ސަރަހައްދުގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

މި ރިސޯޓުގައި 115 ޕްރައިވެޓް ޕޫލް ވިލާ ހުންނާނެ އެވެ.

ރ. ހުރުވަޅީގައި ތަރައްގީކޮށްފައިވާ ރިސޯޓް -- ފޮޓޯ: ދަ ސްޓޭންޑާޑް

ދަ ސްޓޭންޑާޑުން މިހާރު ވެސް އިނގިރޭސިވިލާތާއި އެމެރިކާގައި މަތީފަންތީގެ ރިސޯޓުތަކާއި ހޮޓެލްތައް ހިންގަ އެވެ. އެ ކުންފުނިން ދަނީ އޭޝިއާ ސަރަހައްދުގައި އިތުރު ރިސޯޓުތައް ތަރައްގީކުރަން ތައްޔާރުވަމުންނެވެ.

ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސްގައި ހަ ބާވަތެއްގެ ކެއުން ލިބޭނެ ރެސްޓޯރެންޓުތައް ހުންނާނެ އެވެ. އެގޮތުން ތާޒާ ސީ ފުޑް ބާބަކިޔު ލިބޭނެ އައުޓްލެޓަކާއި ދިވެހި ރަހަތައް ތަޖުރިބާ ކުރެވޭނެ ފުރުސަތު ވެސް ފަތުރުވެރިންނަށް ދޭނެ އެވެ.

comment ކޮމެންޓް