"ދަ ސީން"ގެ ނަން "ސޮނީ ހޯމް" އަށް ބަދަލުކޮށް އަލުން ހުޅުވައިފި

"ދަ ސީން ބައި ސޮނީ ހާޑްވެއާ"ގެ ނަން "ސޮނީ ހޯމް" އަށް ބަދަލުކުރުމަށް ފަހު އަލުން ހުޅުވައިފި އެވެ.

ސޮނީން މަޖީދީމަގުގައި ހުޅުވި "ސޮނީ ހޯމް" އަކީ ހޯމް އިންޕްރޫމަންޓް އައިޓަމްތަކަށް ހާއްސަ ކުރެވިފައިވާ ފިހާރައެކެވެ.

އެގޮތުން "ސޮނީ ހޯމް" އިން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ސާމާނު ބަދިގެއަށް ހާއްސަކޮށް ގެންނަ އިރު، ހޯމް އެޕްލަޔަންސް، ގޭތެރެއަށް ބޭނުންވާ މުދަލުގެ އިތުރުން ފޮޅާ ސާފުކުރުމާއި ލޯންޑްރީ އައިޓަމްތައް ލިބެން ހުންނާނެ ކަމަށް ސޮނީ ހާޑްވެއާ އިން ބުނެ އެވެ.

އަދި އެ ފިހާރައިގެ ހިދުމަތްތައް ޑިޒައިން ކުރެވިފައި ވަނީ ކަސްޓަމަރުން އަމިއްލައަށް ތަކެތި ތަޖުރިބާ ކޮށްލެވޭނެ ގޮތަށް ކަމަށް ވެސް ސޮނީ ހާޑްވެއާ އިން ބުނެ އެވެ.

މި ބަދަލާ އެކު "ދަ ސީން" އިން ވިއްކަމުން އައި ސެނިޓަރީ އައިޓަމްތަކާއި ތަށިމުށި މިހާރު ލިބެން ހުންނާނީ ސޮނީ ހާރޑްވެއާ، ޖަނަވަރީ މަގު ފިހާރައިންނެވެ.

މިދިޔަ އަހަރު ސޮނީ ހާޑްވެއާ އިން ވަނީ ކޮންސްޓްރަކްޝަން މެޓީރިއަލްއާއި ހާޑުވެއާގެ ބާވަތްތައް ވިއްކާ ފިހާރައެއް ހުޅުމާލޭގައި ވެސް ހުޅުވައިފަ އެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުޅުވި އެ ފިހާރައަކީ ހާޑްވެއާގެ ބާވަތްތައް ރާއްޖޭގައި ވިއްކާ ފިހާރަތަކުގެ ތެރެއިން އެންމެ ބޮޑު ފިހާރައެވެ.

ސޮނީ ހާޑްވެއާ އަކީ ހާޑްވެއާ، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުން ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.

comment ކޮމެންޓް