މަންހަޖު މުރާޖައާ ކުރާ ގޮތާ ދޭތެރޭ ޓީޗާސް އެސޯސިއޭޝަންއިން ކަންބޮޑުވުން ފާޅުކޮށްފި

މީގެ މަސްތަކެއް ކުރިން ކެމްބްރިޖްގެ ކޮންސަލްޓަންޓް ޓީމެއް އެޑިއުކޭޝަން މިނިސްޓްރީގައި--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތައުލީމީ މަންހަޖުގައި ހުރި މައްސަލަތައް ދެނެގަނެ، އެ މަންހަޖު މުރާޖާކުރާ ގޮތާ ދޭތެރޭ ޓީޗަރުންގެ އެސޯސިއޭޝަންއިން ކަންބޮޑުވުން ފާާޅުކޮށްފި އެވެ.

ކަރިކިއުލަމް މުރާޖާ ކުރުމަށް އެހީތެރިވުމުގެ ގޮތުން ކެމްބްރިޖްގެ ކޮންސަލްޓަންޓުންގެ ޓީމުގެ ބައެއް ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ޓީޗާސް އެސޯސިއޭޝަންގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ގައުމީ މަންހަޖު މުރާޖާކުރާއިރު ޓީޗަރުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ އިން އެކަން ނުުކުރާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

"މަންހަޖު މުރާޖާކުރަން މި އުޅެނީ ކުރިއަށްވުރެ އެ މަންހަޖު މުރާޖާކުރަން ތެދެއްތޯ. އެ މަންހަޖުން ރަނގަޅު ބަދަލެއް ފެންނާނީ ޓީޗަރުންގެ ބައިވެރިވުމާއެކި ތެދެއްތޯ. ކީ ސްޓޭޛް ޓީޗަރުންނަށް އެނގޭނެ ތެދެއްތޯ ވަރަށް ބޮޑަށް ހުރި މައްސަލަތައް. އެހެން ނޫނީ ޖީލެއް ހަލާކުވެގެން ދާނީ." އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކުރިންވެސް މަންހަޖު މުރާޖާކުރިއިރު ކަންތައްތައް ގޮސްފައިވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އެގޮތުން މަންހަޖު މުރާޖާކުރިއިރު ހިޔާލު ހޯދީ ވަކި ޓީޗަރުންގެ ކިބައިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފަސޭހައިން ބޯޖަހާލާނެހެން ހީވާނެ ޓީޗަރުނގެ ހިޔާލު އޭރު ހޯދީ. އަޅުގަނޑުމެން މިހާރު ވަނީ ކެމްބްރިޖް ކޮންސަލްޓަންޓުންނާއެކު ބާއްވާ ބައްދަލުވުންތަކުގަ އޮބްޒާވަރެއްގެ ޖާގަ ދޭންވެސް އެދިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ކެމްބްރިޖްގެ ކޮންސަލްޓަންޓުން ކަރިކިއުލަމް ރިވިއު ކުރުމަށް ފަހު ރިޕޯޓެއް ހުށަހަޅުއްވާނެ ކަމަށެވެ.

"އެ ރިޕޯޓުގެ މައްޗަށް މަންހަޖު މުރާޖާ ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ. ދެން 2021 ވަނަ އަހަރު ގްރޭޑް 1،2،3 އަދި އެލްކޭޖީ އަދި ޔޫކޭޖީގައި ބޭނުންކުރާނީ އާ ކަރިކިއުލަމްއެއް." އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ރަޝީދު އިތުރަށް ވިދާޅުވީ ކެމްބްރިޖް ކޮންސަލްޓަންޓުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާނީ ނެޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަންގެ ބޭފުޅުން ކަަމަށެވެ. ނަމަވެސް މަންހަޖު މުރާޖާ ކުރުމުގެ މަރުހަލާގައި ފަހުން ޓީޗަރުންގެ ހިޔާލު ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް