ހައްޖު ގްރޫޕްތަކަށް ގުޅުއްވައި ހައްޖާޖީންގެ ހާލު ރައީސް ބައްލަވައިލައްވައިފި

ރައީސް އިބްރާހިމް މުހަްމަދު ސޯލުހު: އެމަނިކުފާނު ވަނީ ހައްޖު ގްރޫޕްތަކަށް ފޯނުން ގުޅައި ހައްޖާޖީންގެ ހާލު ބައްލަވައިލައްވާފަ ----

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީއަރަބިއްޔާއަށް ގޮސް ތިބި ހުރިހާ ހައްޖު ގްރޫޕްތަކަށް، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވައި ދިވެހި ހައްޖާޖީންގެ ހާލު ބައްލަވައިލައްވައިފި އެވެ.

އެމަނިކުފާނު ދިވެހި ހައްޖާޖީންގެ ގްރޫޕްތަކާ ފޯނުން ގުޅުއްވައި، ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ހައްޖާޖީންވެސް ތިބީ ގަދަވެ ހެޔޮ ހާލުގައި، އަރަފާތު ބިމުގައި ކަމަށް މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނެވި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އަރަފާތު ހިމުގައި ހުންނަވައި، މިނިސްޓަރު އަސްލަމް ވިދާޅުވީ ހުރިހާ ހައްޖާޖީންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެއްވެސް ހައްޖާޖީ އަކު ބޮޑު ބައްޔެއްގައި ނޫޅޭކަމަށެވެ.

ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް 2،000 ކޯޓާ ލިބިފައިވާއިރު ހައްޖު ކޯޕަރޭޝަނުގެ އިތުރުން ޒައީ ގުރޫޕާއި ތަޒްކިޔާ ގްރޫޕު އަދި ހަރަމައިން އާއި މިނާ އަދި އެކްރޯގެ ހަވާލުގައި މިއަހަރު މީހުން ހައްޖަށް ވަނީ ގޮސްފައެވެ.

މިއަދު އިރުއޮއްސެންދެން ހައްޖާޖީން އަރަފާތުގައި މަޑުކުރާނެއެވެ. އަދި މިރޭ ހައްޖާޖީން މުޒްދަލިފާގައި ރޭކުރުރާނެއެވެ.

comment ކޮމެންޓް