ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑަށް ބަދަލު ގެނެސްފި

މާލޭ ސްކޫލްތަކުގެ ޓީޗަރުންތަކެއް ---

ޓީޗަރުންގެ މުސާރަ ބޮޑުކުރަން މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އަންޑަސްޓޭންޑްވާ ކަމަށެވެ.

ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަތުތަކެއް ނައިސްގެން ޓީޗަރުން އަބަދުވެސް ވަރަށް ބޮޑަށް ޝަކުވާ ކުރެ އެވެ. އަދި 2004 ގައި ސުނާމީގެ ހާދިސާއަށް ފަހު ޓީޗަރުންގެ އިތުރު ގަޑި ލިބޭވަރު އޮތީ 10 ޕަސެންޓަށް ދަށްވެސްކޮށްފަ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ގޮތުން ރައީސް އޮފީހާ ގުޅިގެން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

"އަދި އޯވާޓައިމަށްވެސް ގެނެވޭނެ ހެޔޮ ބަދަލުތައް މިދަނީ މަޝްވަރާކުރަމުން. އަދި ހަމަ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެން އިއުލާންކުރާނަން. އަދި ހަމަ އޭގެ އިތުރުން އެހެނިހެން އިނާޔަތްތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް