އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމު "މޫލީ" އިފްތިތާހުކޮށްފި

ރައީސް ސޯލިހު އުރީދޫގެ މޫލީ ޕްލެޓްފޯމު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިފްތިތާހުކޮށްފިއެވެ. މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މޫލީ އަކީ މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެކެވެ. ގޭގައި ތިބބެގެން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް ލިބޭނެއެވެ. ވިޔަފާރިވެރިންނަށްވެސް މޫލީ މެދުވެރިކޮށް އެމީހުން ވިއްކާ މުދާ ވިއްކުމުގެ ފުރުސަތު ލިބޭނެއެވެ.

މޫލީ ޕްލެޓްފޯމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ކަސްޓަމަރުންގެ ދިރިއުޅުން ޑިޖިޓަލައިޒް ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތަށް މިއަދު އިިތުރުވި އާ ބޮޅަކީ އެންމެ ފަހުގެ ޓެކްނޮލަޖީ ދިވެހިންނަށް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މޫލީއަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ގަނެވިއްކުމުގެ ޕްލެޓްފޯމެކެވެ. ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށް ފުރިހަމަކުރެވޭ މި ޕްލެޓްފޯމުން ޕްރޮޑަކްޓަށް އޯޑަރުކޮށް، ފައިސާ ދެއްކޭނެއެވެ. ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޯރުކޮށްދޭނެއެވެ.

މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

comment ކޮމެންޓް