"ލީނާ"ގެ މިސްރާބު ވަދާއީ ޝޯތަކަށް!

ލީނާގެ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

ޑައިރެކްޓަރު އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" ވަދާއީ ޝޯތަކާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.

ފިލްމުގެ ވަދާއީ ޝޯތައް ދައްކަން ފަށާނީ މާދަމާ އެވެ. ފިލްމުގެ ވަދާއީ ޝޯތައް ކުރިއަށްދާނީ ހައެއް ހަތެއް އަދި އަށެއްގައި ކަމަށް ޑައިރެކްޓަރު ބުންޏެވެ.

މުއާ ބުނީ ފިލްމު ވަރަށް ކާމިޔާބު ކަމަށާއި ގިނަ ބެލުންތެރިންނަށް ލީނާ ކަމުދިޔަ ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން ތައްޔާރުކުރި އެ ފިލްމު ޕްރިމިއާކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އަތޮޅުތަކުގައި ވެސް ފިލްމު އެޅުވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަތޮޅުތަކުގައިވެސް ފިލްމަށް ތަރުހީބު ބޮޑުކަމަށް ޑައިރެކްޓަރު މުއާ ބުންޏެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

comment ކޮމެންޓް