"ކާކު"؟ ގެ ޕޯސްޓަރެއް، ފިލްމު އަޅުވާނީ ސެޕްޓެމްބަރުގައި!

"ކާކު"؟ގެ ޕޯސްޓަރެއް---

މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ ފިލްމު "ކާކު؟" ގެ ޕޯސްޓަރެއް ދައްކާލާ ފިލްމު ދައްކާ ތާރީހު ހާމަކޮށްފި އެވެ.

ކުރިން ފިލްމު އަޅުވަން ނިންމީ އަންނަ އޯގަސްޓް މަހުގައެވެ. ނަމަވެސް ފިލްމު އަންނަ ސެޕްޓެމްބަރު މަހަށް ވަނީ ފަސްކޮށްފައެވެ. މިހާރު ފިލްމު އަޅުވާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމަކީ އެކުގައި އުޅޭ ފަސް ރަހުމަތްތެރިން ރަށަކަށް ގޮސް ދިރިއުޅޭ ގޭތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް ކުރިމަތިވާ ފިލްމެކެވެ.

ފިލްމުގައި ޖުމްލަ ތިން ލަވަ ހިމެނޭއިރު ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހދ ކުޅުދުއްފުށީގައެވެ.

އެ ފިލްމުން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ގިނަ ދުވަސްތަކަކަށްފަހު ފެންނާނެއެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރުކުރީ މަހުދީ އެވެ.

comment ކޮމެންޓް