10 އަހަރުގެ އަންހެން ކުއްޖަކަށް 51 އަހަރުގެ މީހަކު ޖިންސީ ގޯނާކޮށްފި

އުމުރުން 10 އަންހެން ކުއްޖަކަށް 51 އަހަރުގެ ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ލ. އަތޮޅުގެ ރަށެއްގައި ކަމަށެވެެ.

އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެ މައްސަލައާ ގުޅިގެން ރޭ 18:30 ކަން ހާއިރު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލް ފުލުހުން ނުދެ އެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން މިމަހުގެ ކުރީ ކޮޅު އުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި މާލޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ހާދިސާގެ އިތުރުން ހުވަދު އަތޮޅުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް