ދިރާގުގެ ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިކަން

ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: ދިރާގު

ދިރާގުގެ ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމަށެވެ.

އެގޮތުން ރިޗާޖް ވައުޗަރު ބޭނުންކޮށްގެން ރިޗާޖު ކުރުމާއި އެޑް އޮންސް ގަތުމުގައިވެސް ދަތިތައް ކުރިމަތި ވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ބެލެންސް ޗެކުކޮށް، މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމުގައި ވެސް ދަތިތައް ކުރިމަތިވަމުން ދަނީ.،" ދިރާގުން ބުނީ ޓެކްނިކަލް މައްސަލަ ހައްލު ކުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ދިރާގުން ވަނީ މައާފަށް އެދިފައެވެ.

ދިރާގު ކަސްޓަމަރުންނަށް ފޯނު ކޯލު ކުރުމުގައިވެސް ދަތިތައް ދިމާވާ ކަމަށް ބުނެ ކަސްޓަމަރުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ. ނަމަވެސް ދިރާގުން ބުނީ އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް