ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުނި އަންދައިގެން ކަރަންޓް ދީފި

ވަންދޫގައި ކުނި އަންދާ މެޝިން އިމާރާތް ހުންނަ އިމާރާތް--

ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުނިން ކަރަންޓް އުފައްދައިގެން ގޭގެއަށް ކަރަންޓް ފޯރުކޮށްދީފި އެވެ.

އެގޮތަށް ކަަރަންޓް ފޯރުކޮށްދީފައި ވަނީ ރ. ވަންދޫގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ "ސަން" އަށް ވިދާޅުވީ މިއީ އަބޫ ދާބީ ފަންޑު ފޯ ޑިވޮލޮޕްމަންޓްގެ އެހީއާއެކު 2016 ވަަނަ އަހަރު ވަންދޫގައި ފެށި ޕްރޮޖެކްޓެއް ކަމަށެވެެ.

"ކުނިތައް މި އަންދަނީ އިންސިއުނޭޓަރެއް ބޭނުންކޮށްގެން. ފަސްސަތޭކަ ކިލޯ ވޮޓު ކުނު އުފެއްދޭނެ ނަމަވެސް ވަންދޫއަށް ބޭނުންވަނީ 250 ކިލޯ ވޯޓު،" މުރުތަޟާ ވިދާޅުވި އެވެ.

މުރުތަޟާ ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި އަދި އެތަން ރަސްމީކޮށް ހުޅުވުމުން އެރަށަށް މުޅިން ކަރަންޓް ދޭނީ ކުނި އަންދައިގެން ކަމަށެވެ.

"އެއަށް ފަހު ޑީސަލް އިންޖީނުތައް ބޭނުންކުރާނީ ބެކަޕްއެއްގެ ގޮތުގައި،" މުރުތަޟާ ވިދާޅުވި އެވެ.

އަބޫ ދާބީ ޑިވޮލޮޕްމަންތް ފަންޑުގެ ދަށުން އައްޑޫ ސިޓީގައި ވެސް ކުނިން ކަރަންޓް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރީ ސަރުކާރުގައި ވެސް އަދި މި ސަރުކާރުން ވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ.

comment ކޮމެންޓް