ތެލެސީމިއާ ކުއްޖަކު އަނެއްކާވެސް ނިޔާވެއްޖެ

ހަަސަން ހައިސަމް ހުސެއިން-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ލޭ އަޅާ ބައްޔެއްކަމަށްވާ ތެލެސީމިއާ ހުންނަ ކުއްޖަކު އަނެއްކާވެސް ނިޔާވެއްޖެ އެވެ.

ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ހަސަން ހައިސަމް ހުސެއިން ނިޔާވީ ރޭ ފަތިހު އެވެ.

އޭނާ ނިޔާވީ ޑެންގީ ހުން ޖެހިގެން ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

ހައިސަމްއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކުޅުދުއްފުށީ ހޮސްޕިޓަލްގަ އެވެެ. ނަަމަވެސް އިތުރު ފަރުވާއަށް އޭނާ ފަހުން ގެނައީ އައިޖީއެމްއެޗަށެވެެ.

ހައިސަމްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ކުރާގޮތަށް ވަނީ ނިންމައިފަ އެވެ.

ޑެންގީ ހުން ޖެހިގެން މިދިޔަ އަހަރު ދިވެއްސަކު ނިޔާވިއިރު މިއީ މިއަހަރު ދިވެއްސަކު ނިޔާވި ފުރަތަމަ ފަަހަރެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހައިސަމް ރޭ އައިޖީއެމްއެޗަށް ގެނައި އިރުވެސް ހަރަކާތެއް ނެތްކަމަށާއި އަދި އޭނާއަށް ސީޕީއާރު ދިން ކަމަށެވެ. އަދި އޭނާ މަރުވީ ރޭ ފަތިރު 3:30 ގައި ކަމަށެވެ.

ހައިސަމް ނިޔާވިއިރު މިމަހު ވަނީ ތެލެސީމިއާ ހުންނަ ދެކުއްޖަކު ކައިރިކައިރީގައި ނިޔާވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ފޮޓޯގްރަފަރު އަދުހަމް މުހައްމަދު (އަދޫ) 24، އިސްމާއިލް ފަޔާޒް 27، ހިމެނެ އެވެ.

comment ކޮމެންޓް