އިންޑިއާގެ ފިލްމުފެއާ އެވޯޑް ޝޯއެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
ފިލްމުފެއާ އެވޯޑަކީ އިންޑިއާގެ ހިންދީ ފިލްމު ފެއާގެ އިންޑަސްޓްރީގައި ހަަރަކާތްތެރިވާ ފަންނާނުންގެ އަގު ވަޒަންކުރުމަށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލަކަށްވުރެ ވަރުގަދަ މަންޒިލަކަށް ރާއްޖެ ހެދޭނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އެކަން ކުރެވޭނެ. އަޅުގަނޑުމެން މިދަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން. އެކަން ފައިނަލްވިހާ އަވަހަކަށް އެކަން ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ދާދި ފަހުން ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން ރާއްޖެއަށް ކުރި ޒިޔާރަތަށް އިޝާރަތްކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ދަތުރާ ގުޅިގެން ވަރަށް ގިނަ އަދަކަަށް ފޯނުކޯލްތައް އައި ކަަމަށެވެ.
"ވަރަށް އުއްމީދުގައި މިތިބެނީ. ހެޕަނިންތަނަކަށް މިތަން ވާން. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އެންމެ މީހަކަށްވުރެ ގިނަ މީހުން ގެނެވޭނެ އޭގެ އެވޯޑް ޝޯއެއް ރާއްޖޭގައި ހޯސްޓްކުރެވިއްޖިއްޔާ" މިނިސްޓަރު ވިދާޅުވި އެވެެ.
މިއަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެސް އިންޑިއާއިންނެވެ.