ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ދެ ދަތް ބިންދައިގެން ހިނގައްޖެ

ހުޅުމާލެ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލެ ހައިވޭ ބުރިޖުގައި ހިނގި ސައިކަލް އެކްސިޑެންޓްއެއްގައި މީހެއްގެ ދެ ދަތް ބިންދައިގެން ހިނގައްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވެގެން މިރޭ 19:00 ގައި 21 އަހަރުގެ އަންހެނަކާއި އަދި 20 އަަހަރުގެ ފިރިހެނަކު ގެނައި ކަމަށެވެ.

އެ ދެމީހުންގެ ފަަޔަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އާޝިޔާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ފިރިހެން މީހާގެ ދެ ދަތްވެސް ބިންދައިގެން ގޮސްފައިވާކަމަށް އާޝިޔާ ވިދާޅުވިއެވެ.

އެ ދެމީހުންނަށްވެސް މިހާރު ދަނީ އިތުރަށް ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އިތުރު އެހެން ދެ މީހަކަށްވެސް ކުދިކުދި އަނިޔާވެފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށެވެ.

comment ކޮމެންޓް