މެޖިސްޓްރޭޓް ހަސަން ދީދީ އާ ސުވާލުކުރުމުން ވަކީލެއްގެ އެހީއަށް އެދިއްޖެ

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ ސުލޫކީ މައްސަލަތައް ބެލުމަށް ޖޭއެސްސީގެ މެމްބަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ޖޭއެސްސީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލަތަކަކާ ގުޅިގެން އޭނައާ ސުވާލުކުރުމުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދިއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިހާރު ގއ. އަތޮޅަށް ވަޑައިގެން އުޅުއްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ޓީމުން މެޖިސްޓްރޭޓް ހަސަން ދީދީ އާ ސުވާލުކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ސުވާލުކުރުމުން އޭނާ ވަނީ ގާނޫނީ ވަކީލެއްގެ އެހީއާ އެކު ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

ހަސަން ދީދީ އާ ގުޅޭގޮތުން ގިނަ އަދަދެއްގެ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން ވަނީ އެ މައްސަލަތަކާ ގުޅިގެން އެރަށުގެ އެކި މީހުން ހާޒިރުކޮށް ބަޔާން ނަގާފައެވެ.

ކަނޑުހުޅުދޫ ކޯޓުގެ ގިނަ މުވައްޒަފުންތަކަކާ ވެސް ސުވާލުކޮށް ޖޭއެސްސީން މިއަދު ވަނީ ބަޔާން ނަގާފައެވެ.

މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް
  • ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން
  • ކޮމިޝަންގެ މެމްބަރު އިބްރާހީމް ރިފްއަތު

މީގެއިތުރުން ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު އާއި އެއަތޮޅު ދާންދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި އެއަތޮޅަށް ނިސްބަތްވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް