ތިނަދޫ ޕޯސްޓު އޮފީސް ފަޅާލައި ޕާރުސަލްތަކުން ވައްކަންކޮށްފި

ގދ. ތިނަދޫ ---

ގދ. ތިނަދޫ ޕޯސްޓު އޮފީސް ފަޅާލާ، އެތަނުގައި ހުރި ޕާރުސަލްތަކުން ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ތިނަދޫ ޕޯސްޓު އޮފީސް ފަޅާލާ، އެތަނުގައި ހުރި ގަނަ އަދަދެއްގެ ޕާރުސަލްތަކެއް ކަނޑައި، އެއިން ވައްކަން ކޮށްފައިވާ ކަމަށެވެ.

މިގެ އިތުރުން ޕޯސްޓު އޮފީހުގެ ތިޖޫރީ ފަޅާލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ތުޖޫރީ ފަޅާލެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޕާރުސަލްތައް ކަނޑައިގެން ވަގަށް ގެންގޮސްފައި ވަނީ ކޮން އެއްޗެއްސެއްކަމެއް، އަދި ކިހާ އަދަދެއްގެ އެއްޗެއްސެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް