ތުޅާދޫ ސްކޫލް ކުދިންނަށް ދިމާވި މައްސަލަ ހައްލުކޮށްފި

ތުޅާދޫ ސުކޫލުގެ ބެލެނިވެރިން ބުރާސްފަތި ދުވަހު އިހުތިޖާޖު ކުރަނީ ---

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލުގެ ތެރޭގައި ހޭނެތޭ މައްސަލަ ހައްލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުދިން ހޭނެތޭ މައްސަލަ މިހާރު ހައްލުކޮށް މިހާރު އެ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކައުންސިލިން ދެމުންގެންދާ ކަމަށެވެ. ެ.

" ތުޅާދޫ ސްކޫލުގައި މިވަގުތު ތިބި ހާއްސަ ޓީޗަރުން މެދުވެރިކޮށް ކައުންސިލިން ދެމުންގެންދަނީ. ދެން އެ ދަރިވަރުންނަށް ބޭނުންވާ އިތުރު ފަރުވާފަދަ ކަންތައްތައް ބަލައި އެކަމުގެ އިންތިޒާމްތައްވެސް މިހާރު ރާވަމުން ދަނީ" އަހުމަދު ވިދާޅުވިއެވެ.

ތުޅާދޫގެ ބެލެނިވެރިން ބުނާގޮތުގައި ދަރިވަރުން ހޭނެތުގެ މައްސަލަ ދިމާވަނީ ޖިންނި ޝައިތޯނުންގެ އުނަދަގޫތައް ދިމާވެގެންނެވެެ. އަދި އެހެން ދިމާވަނީ އެ ސްކޫލުގައި ހުންނަ ނިކަގަހަކުން ކަމަށް ބުނެ އެ ގަސް ކަނޑާލުމަށް ވެސް ބެލެެނިވެރިންވަނީ އެދިފައެވެ. އެ މައްސަލައިގައި ބެލެނިވެރިން ކުރިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވ

އެ މައްސަލައިގައި މިނިސްޓްރީން ބުނީ އެ ގަސް ކަނޑާލާނީ އެ މައްސަލަ ބެލުމަށް ފަހު މަޝްވަރާތައް ކުރުމަށްފަހު ކަމަށެވެ.

ތުޅާދޫއިން ވާހަކަދެއްކި ބައެއް މީހުން މީގެ ކުރިން ބުނީ ހޭނެތުމުގެ މައްސަލަ ދިމާވާ 12 ވަރަަކަށް ދަރިވަރުން އުޅޭ ކަމަށާއި އަދި ބައެއް ދަރިވަރުން ރުގްޔާ ކުރުމުން ރަނގަޅުވެފައިވާ ކަމަށެވެ.

ދަރިވަރުން ހޭނެތޭ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއްވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ތުޅާދޫއަށް ގޮސްފައެވެ.

comment ކޮމެންޓް