ރާޅާ އަޅަން ދިޔަ މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ބަޔަކު ރާޅާ އަރާ ސަރައްދުގައި: ރާޅާ އަޅަން ދިޔަ ދެ މީހަކު އޮޔާ ދަނިކޮށް ވަނީ ސަލާމަތްކޮށްފައި --- ސަން ފައިލް ފޮޓޯ/ހުސައިން ހަސަން

ހދ. މަކުނުދޫގައި ރާޅާ އަޅަން ދިޔަ ދެ މީހަކު އޮޔާ ދަނިކޮށް ސަލާމަތް ކޮށްފި އެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 3:30 ގައެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ބުނީ، އެ ހާދިސާގެ ރިޕޯޓު ލިބިގެން ފުލުހަކާއި އާންމުންގެ މީހަކު ވެގެން ޑިންގީއެއްގައި ގޮސް އޮޔާ ދިޔަ ދެ މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ރާޅާ އެޅުން ފަދަ މޫދުގައި ކުލޭ ކުޅިވަރުތަކުގައި ޝާމިލުވެ އުޅޭ އިރު އާއި ކަނޑު ދަތުރު ފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ފުލުހުން އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

"މޫސުމަށް ސަމާލުވެ، ސަލާމަތީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ރައްކާތެރިކަން ކަށަވަރު ކުރުމަށް،" އިލްތިމާސް ކުރާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެޓް އޮފީހުން މޫސުން ލަފާ ކުރާ ގޮތް:

ރާއްޖޭގެ ސަރަހައްދުތަކަށް ގުގުރާ ވިއްސާރަކުރާނެ
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ.
ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
ވިލާގަނޑުގައި 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް.

comment ކޮމެންޓް