ކުރިއަށް އޮތް ހަފުތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވާނެ

މާލޭގެ ޖައްވު ނުސާފު ވެފައި / ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރެއަށް މިހާރު ވައި ނުސާފެވެ. އެގޮތުން، މި ސަރަހައްދަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރުމިން ފެންނަ މިންވަރު މިހާރުވެސް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ސަން" އަށް މައުލޫމާތުދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ދުންފުހުގެ އަސަރު ނުރައްކާވާ މިންވަރަކަށް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އެގޮތުން، މިއަދު ދުންފުހުގެ އަސަރު ހުރި މިންވަރު އިއްޔެއަށްވުރެން ދަށްކަން އޭނާ ފާހަގަކޮށްފައިވެއެވެ.

https://sun.mv/187416

އޭނާ ވިދާޅުވިގޮތުގައި ދުންފުހުގެ އަސަރު ގަދަވާނީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރުގައެވެ. މިއީ އެ ދުވަސްވަރެވެ. އެކަމަކު މިއަދަކީ ރާއްޖެއަށް ވިއްސާރަ ދުވަހެއްވީމަ، މިއަދު ދުންފުހުގެ އަސަރު ކުޑަވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ރާއްޖެއަށް ހަތަރު ކިލޯމީޓަރު ވަރަށް ދުރުފެންނާނެ ކަމަށެވެ. އަދި އިއްޔެ ފެނުނީ 11 ކިލޯމީޓަރު ވަރު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ވައި ސާފު މިންވަރު ދައްކުވައިދޭ، އައިކިއު އެއާއިން ދައްކާ ގޮތުގައި، މާލޭގައި ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 40.9 މައިކްރޯގްރާމްގައެވެ.

އެއީ ޕީއެމް2.5 ހުންނަން ޖެހޭ ރައްކާތެރި މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފައިވާ މިންވަރުގެ 8.2 ގުނަ އިތުރު އަދަދެއް ކަމަށް އައިކިއު އެއާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މާލޭގައި ޔޫއެސް އޭކިޔުއައި މިހާރު 74ގައި ހުރިއިރު އެއީ، ނުރައްކަލުގެ ރީނދޫ ސަމާލު ލެވެލްއެވެ.

ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

އެ ގޮތަށް ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމާއި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން ހިމެނެއެވެ.

https://sun.mv/215111

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަަދައްކަވަމުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމެންޓް އެންޑް އެނާޖީގެ އެންވާރަމެންޓް އެނަލީސްޓް މުޙައްމަދު ޒަޔާން އަބްދުﷲ މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ ވައި ނުސާފުވާ މައްސަލަ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށެވެ.

މިކަން ދިމާވަނީ ކާރުހާނާތަކުން ދޫކުރާ ވިހަ ގޭހުގެ އަސަރުކޮށްގެން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް