އޭންޖަލްހެކްގެ އެއްވަނައިގައި ގޮތުގައި ޓީމް ސްޓޭލައިޓް ހެކްސެލެރޭޓަރަށް

އޭންޖަލްހެކްގެ އެއްވަނަ ހޯދި ޓީމު ސްޓޭލައިޓް -- ފޮޓޯ: ދިރާގު

ދިރާގު، އެމްއެމްއޭ އާއި ސްޕާކްހަބް އިން ބޭއްވި އޭންޖަލްހެކްގެ އެއްވަނައިގެ ގޮތުގައި ޓީމު ސްޓޭލައިޓް އޭންޖަލްހެކްގެ ގްލޯބަލް ވާޗުއަލް ޕްރީ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމުގައިވާ "ހެކްސެލެރޭޓާ" ގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިފިއެވެ.

ބާރަ ހަފްތާގެ މުއްދަތަށް ކުރިއަށްދާ "ހެކްސެލެރޭޓާ"ގެ ބައިވެރިންނަށް ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީ އިން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި އައިޑިއާތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕްތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭނެއެވެ.

ޓީމް ސްޓޭލައިޓް އިން އޭންޖަލްހެކްގެ އެއްވަނަ ހޯދީ އެކޮމޮޑޭޝަން ބުކިން އަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ މޮޑެލް އެއް ދައްކާލައިގެންނެވެ.

އެ ޓީމުން ބުނީ އޭންޖަލްހެކް އިއުލާނުކުރި އިރު، އެ މޮޑެލްގެ މަސައްކަތް ކުރަމުން އަންނަތާ މަސް ދުވަސް ވެފައިވާ ކަމަށެވެ.

"އޭންޖެލްހެކްގެ ސަބަބުން މޮޑެލް އިތުރަށް ފުރިހަމަކޮށް ދިރާސާއަށް ވަގުތު ހޭދަކުރުމަށް އިތުރު އެއްބާރުލުމެއް ލިބިގެން ދިޔަ. އަޅުގަނޑުމެންގެ ޕްރޮޑަކްޓަށް ބޭނުންވާ އިންޓަނޭޝަނަލް އެކްސްޕޯޝާ ހޯދައިދޭނެ އޭންޖަލްހެކް އިން،" އެ ޓީމުން ބުނެފައިވެއެވެ.

ޓީމް ސްޓޭލައިޓް އިން ބުނީ އެ ޓީމުން ހެކްސެލެރޭޓާ އަށް ފޮނި އުންމީދުތަކެއް ކުރާ ކަމަށާއި އެމީހުންގެ ޕްރޮޑަކްޓު އިތުރަށް ތަރައްގީ ކުރަން އުންމީދު ކުރާ ކަމަށެވެ.

"އެންޖަލްހެކް މޯލްޑިވްސް 2019" ގައި 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ހެކަތޯންގައި އެކި ޓީމުތަކުން ވަނީ ވަރުގަދަ، އެއް ޓީމު އަނެއް ޓީމަށް ދޫނުދޭ ވަރުގެ ޕްރޮޑަކްޓުތަކެއް ދައްކާލައިފައެވެ.

އޭންޖަލްހެކް އަކީ ބައިނަލްއަގްވާމީ ހެކަތޯން އެކެވެ. މި ހެކަތޯން އެންމެ ފުރަތަމަ ފެށިފައިވަނީ ސެންފްރެންސިސްކޯ ގައި އެވެ. އަދި އޭގެ ފަހުން މިހާތަނަށް 150 އަށްވުރެ ގިނަ ސިޓީގައ 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުން، ޑިޒައިނަރުން އަދި ކުދި ވިޔަފާރިވެރިނަށް ވަނީ މި ހެކަތޯންގެ ގެ ސަބަބުން އެހީތެރިވެދީފައިއެވެ.

ކޮންމެ އަހަރަކު އޭންޖަލްހެކްގެ ހެކަތޯން ތައް މުޅި ދުނިޔޭގެ އެކި ހިސާބު ތަކުގައި ކުރިއަށްގެންދެއެވެ. އަދި 2019 ވަނަ އަހަރުގެ އެކަނި ވެސް ހަ ކޮންޓިނެންޓްގައި މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. މި އަހަރުގެ އެންޖަލްހެކް ތީމް ކަމަށްވާ "އިނޮވެޓަރސް ރައިސިންގ" އެވެ.

"އެންޖަލްހެކް މޯލްޑިވްސް 2019" ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓަޕް ކަލްޗާ އަށަގަނެ، އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތަކެއް ހޯދައިދިނުން ކަމަށް ދިރާގުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް