"ސަންރައިޒް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދީފި

އިލެކްޝަންސް ކޮމިޝަނުގެ ލޯގޯ --

"ސަންރައިޒް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވީ، އެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ މ.މަލިކުވިޔު، ސަޢީދާ ރަޝާދު ނަމަކަށް ކިޔާ ފަރާތަކަސް ކަމަށެވެ.

ޕާޓީ ހަދަން ހުއްދަ ދިނުމުން، ހުއްދަ ދިން ފަރާތުން ދެން ޖެހޭނީ 3000 މީހުންގެ ސޮއި ހަމަ ކުރާށެވެ. ސޮއި ހަމަ ކުރުމުން، ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަން ފުރުސަތު ދެވޭނެ އެވެ. އެ ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް ދިމާ ނުވާ ނަމަ އީސީއިން ޕާޓީ ރެޖިސްޓްރީކޮށްދޭނެ އެވެ.

ދާދި ފަހުން "ސްވާފް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅާފައިވެއެވެ. އެ ކޮމިޝަނުން ވަނީ އެ ނަމުގައި ޕާޓީއެއް ހަދަން ހުއްދަ ނުދޭން ނިންމައިފައެވެ.

ރާއްޖޭގައި މިހާރު ނުވަ ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

comment ކޮމެންޓް