ޗައިނާއިން 220 މިލިއަން ޑޮލަރުގެ މަނަވަރެއް ލަންކާއަށް ހަދިޔާކޮށްފި

ޗައިނާއިން ހަދިޔާކުރި މަނަވަރު---

ލަންކާގެ ކަނޑުގެ ސަރަަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން 220 މިލިއަން ޑޮލަރުގެ މަނަވަރެއް ސްރީލަންކާއަށް ހަދިޔާކޮށްފި އެވެ.

އެ މަނަވަރު ލަންކާއަށް ރަސްމީކޮށް ހަދިޔާކޮށްފައިވަނީ މިދިޔަ ހޯމް ދުވަހު އެވެ.

ޕީ- 625ގެ ނަމުން ނަންދީފައިވާ އެ މަނަވަރު ބަނދެފައިވަނީ 1994 ވަނަ އަހަރުއެވެ. އެ މަނަވަރުގެ ދިގުމިނުގައި 112 މީޓަރު އަދި ފުޅާ މިނުގައި 12.4 މީޓަރު ހުރެއެވެ. އަދި އެ މަނަވަރުގައި 2300 ޓަނުގެ ކެޕޭސިޓީ ހުރެ އެވެ.

އެ މަނަވަރުގައި އޮޓޮމެޓިކް ފަޔަރިން ސިސްޓަމެއްވެސް ހުރެ އެވެ.

އެ މަނަވަރު ލަންކާގެ އެންމެ ފުން ކަނޑުތައް ބެލެހެއްޓުމަށާއި އަދި ގެއްލޭ މީހުންނާށް އުޅަނދުތައް ހޯދުމުގައި ބޭނުންކުރާނެކަމަށް ލަންކާގެ ނޫސްތަކުން ބުންޏެވެ.

އެ އުޅަނދު އޮޕަރޭޓްކުރުމުގެ ގޮތުން ސްރީލަންކާގެ 92 ފަޅުވެރިންނާއި 18 އޮފިސަރުން ތަމްރީންކުރުމަށް މިދޔަ މާޗްމަހު ވަނީ ޗައިނާއަށްވެސް ފޮނުވައިފައެވެ.

ޗައިނާއިން ލަންކާއަށް މަނަވަރެއް ހަދިޔާކުރި ދަނޑިވަޅު ލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ވަނީ ޗައިނާގެ ދުޝްމަން އެމެރިކާގެ ސިފައިން ލަންކާގައި ގާއިމްވެ ތިބުމަށް ހުއްދަދޭ އެއްބަސްުވުމަކާ ދެކޮޅު ހައްދަވައިފި އެވެ.

ސިރިސޭނާ ވިދާޅުވީ އޭނާ ވެރިކަމުގައި ހުއްޓައި އެމަނިކުފާނު ވެރިކަމުގައި ހުރިހާ ހިނދަކު ލަންކާގެ ސިޔާދަތަށް އަސަރުފޯރާނެ އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެ ކަމަށެވެ. ސިރިސޭނާގެ ރިޔާސީ ދައުރު އަންނައަހަރު ޖެނުއަރީ މަހު ހަމަވެެސްވާނެ އެވެ.

comment ކޮމެންޓް