މަތީ ސާނަވީ އިމްތިހާނުގެ އެއްވަނައިގައި ހަތަރު ދަރިވަރުން

އޭލެވެލް ޓޮޕް ޓެންގެ އެއްވަނަ ހާސިލްކުރި މިއުވާން މަސީހްއަށް ރައީސް ސޯލިހް އިނާމް އަރުވަނީ---- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދައި، އޭ ލެވެލް ޓޮޕް ޓެންގެ އެއްވަނައިގައި ހަތަރު ދަރިވަރަކު ހިމެނިއްޖެއެވެ.

މިއަހަރުގެ އޭލެވެލް ޓޮޕް ޓެންގައި ހަތަރު ދަރިވަރުން ހިމެނިއްޖެއެވެ.

އޭ ލެެވެލް ޓޮޕް ޓެންގެ އެންމެ ރަނގަޅު 10 ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރުމަށް މިރޭ ދަރުވާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ހަތަރު ދަރިވަރުންނަަށް ވަނީ އިނާމުތައް އަރުވައިފައެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ދަރިވަރުންނަަށް އިނާމްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދަރިވަރުންނަށް ވަނީ ރައީސްގެ އެވޯޑާއި ޕާކިސްތާނުގެ އެމްބަސީއިން ދިން ލެޕްޓޮޕް އަދި ޓްރޮފީއެއް ވަނީ އަރުވައިފައެވެ.

އެއްވަނަ ހާސިލްކުރި ހަތަރު ދަރިވަރުން:

  • އައިޝަތު ސަހާ ރަޝީދު (ސ. ފޭދޫ/ ޕާމްޝޭޑް)
  • މުހައްމަދު މިއުވާން މަސީހު (ލ. ގަން/ މިނާ)
  • މުހައްމަދު ތަހްސީން ހަސަން (ގދ. ފިޔޯރީ/ ސަންފްލާވާ)
  • ޝައްމާހު ރަޝާދު (ގދ. ފިޔޯރީ/ މާނެލް)

އެއްވަނަ ހާސިލްކުރި ހަތަރު ދަރިވަރުން ވަނީ އެޑެކްސަލް ގްރޭޑު އެވޯޑުވެސް ހާސިލްކޮށްފައެވެ.

އޭ ލެވެލްގެ ޓޮޕް ޓެންގެ އެކި މާއްދަތަކުން ރާއްޖޭގެ 11 ދަރިވަރަކު ވަނީ އެއްވަނަވެސް ހާސިލުކޮށްފައެވެ.

މިއަހަރުގެ އޭލެވެލް ޓޮޕް ޓެންގައި 195 ދަރިވަރަކު ވަނީި ހިމެެނިފައެވެ. އޭގެ ތެރެއިން ދެ ވަނަ ހަތް ދަރިވަރުން އަދި ތިން ވަނަ 14 ދަރިވަރުން ވަނީ ހާސިލުކޮށްފައެވެ.

comment ކޮމެންޓް