އިފުރު އެއާޕޯޓުން ހިފެހެއްޓި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ރ.އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު އެ ތަކެތި ނައްތާލާފައި ވަނީ އުނގޫފާރު ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.

ފުލުހުން ބުނީ އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލި ބަނގުރަލަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ން ފެށިގެން ހުސްވި ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެކިދުވަސް މަތިން، ރ.އިފުރު އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ތަކެތި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު މައްސަލައެއްގައި ހިފެހެއްޓި 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް