ފުލުހުންގެ ޔުނީފޯމްއަކީ އަނިޔާކުރަން ލިބޭ ލައިސަންސްއެއް ނޫން: މަހްލޫފް

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

ފުލުހުންގެ ޔުނީފޯމްއަކީ އަނިޔާކުރަން ލިބޭ ލައިސަންސްއެން ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެފަދައިން ވިދާޅުވީ ރޭ ރޭ މާފަންނު ގެއެއްގެ ތެރޭ ހަތަރު ފުލުހުން މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް ފެންމަތިވި ހާދިސާއާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޑްރަގް އެންފޯސްމަންޓް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހުން މީހަކަށް އަނިޔާކުރި މަންޒަރު އާންވުމެފައިވާ ވީޑިއޯއިން ފެނެއެވެ.

އެ އަނިޔާ ކުރި ފުލުހުންގެ ފޮޓޯ ވެސް މީސް މީޑީއާގައި ވަނީ އާންމުވެފައެވެ.

" ފުލުހުންގެ ޔުނީފޯމް އެޅުމަކީ ގާނޫނާ ހިލާފަށް އަމަލުކުރަން ލިބޭ ފުުރުސަތެއް ނޫން. އެއީ އަނިޔާވެރިކަމަށް ލިބޭ ލައިސެންސްއެއް ނޫން. އެ ތަޖުރިބާ އަޅުގަނޑުމެން ކޮށްފިން." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ މަދު ފުލުހުންގެ އަމަލުތަކުގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން އެ މުއައްސަސާގެ އިތުބާރު ގާއިމްކުރެއްވުމަށްވެސް މަހުލޫފް ވަނީ ގޮވާލައްވައިފައެވެ.

ފުލުހުން އަނިޔާ ކުރާ ވީޑިއޯ ދައުރުވާނާ ފެށުމާއެކު ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ އެ ފުލުހުންތައް ސަސްޕެންޑްކޮށް އެ މައްސަލަ ބަލަށް ފެށިކަންވެސް ހާމަކުރައްވައިފައެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަންވެސް މިހާރު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް