ހިލޭ ބޯހިޔާވަހިކަން ދޭނެ މީހުން ކަނޑައަޅާނެ: ރައީސް

ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެކަށީގެންވާ އާމްދަނީއެއް ނުލިބޭ، ބޯހިޔާވަހިކަން ނެތް މީހުންނަށް ހިލޭ ބޯހިޔާވަހިކަން ދިނުމުގެ ވައުދު ފުއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއަދު ރައީސް ވިދާޅުވީ ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ދޭންޖެހޭ ބަޔަކު އެބަތިބި ކަމަށެވެ.

"އެ ދިރާސާ ކުރިއަށް އެބަދޭ. ކޮށްފައި އަޅުގަނޑުމެންގެ ސަރުކާރުން ހިލޭ ބޯހިޔާވަހިކަންދެންޖެހޭ މީހުންނަށް އެއްވެސް އުޖޫރައެއް ނެތި އެމީހުންނަށް ބޯހިޔާވަހިކަން ދޭނަން،" ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން އެއަށް އެއްޗެއް ލައިގެން އަގު ދެއްކުމަށްފަހު، ފަހުން އެ ބަދަލު ކުރެވޭނެހެން އަމަލު ކުރާނީ. ހިލޭ ދޭނަން. ލުއިގޮތުގައި ފްލެޓު ދޭނަން. އެއްފަހަރާ ފައިސާ ދައްކާގޮތަށްވެސް ފްލެޓު ދޭނަން،"

ރައީސް ވިދާޅުވީ މި ސަރުކާރުން ހުޅުމާލޭގައި އަޅާ 4200 ހައުސިން ޔުނިޓުތަކުގެ އަގު 6000 ރުފިޔާ އަށްވުރެ ބޮޑު ނުވާނެ ކަމަށެވެ.

https://sun.mv/121220

comment ކޮމެންޓް