އަލިފުށީ ފެނުގެ ނިޒާމުގެ މަސައްކަތް މޯހަން މުތާ އަށް

ރ. އަލިފުށީގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މޯހަން މުތާ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ތްރީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން

ރ. އަލިފުށީގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މޯހަން މުތާ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ތްރީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 16.5 މިލިއަން ރުފިޔާ އަށެވެ. މިއަދުން ފެށިގެން ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގެ ދަށުން އަލިފުުށީގެ ފެނުގެ ވިއުގަ ޑިޒައިންކޮށް ރަށުގައި ފެނުގެ ވިއުގަ އަޅާނީވެސް އެ ކުންފުނިންނެވެ.

މީގެ އިތުރުން އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބަހައްޓާ ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މޯހަން މުތާ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ތްރީ ޕްރައިވެޓް ލިމިޓެޑާ އެކު މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. މޯހަން މުތާ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ކޭއާރު ސާޖީ އެވެ.

comment ކޮމެންޓް