ފަސް ރަށެއްގައި ސާފް ސްޕޮޓްތަކެއް ތަރައްގީ ކުރަނީ

ޔޫތު މިނިސްޓަރު މަހުލޫފް ރާޅާއެޅުމުގައި-- ފޮޓޯ: މަހުލޫފް

ފަސް ރަށެއްގައި ރާޅާއަޅަން ސްޕޮޓްތަކެއް ތަރައްގީކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާޅާއަޅާ ސްޕޮޓްތައް ގާއިމްކުރާނީ ނ. ނޮޅި، މ. މުލި، ލ. މާބައިދޫ އަދި ގދ. ގާދޫ އަދި ފުވައްމުލަކު ސިޓީ ގައި ކަމަށެވެ.

އެ ސަރަހައްދުތަކުގައި ސާފިން ސްޕޮޓްތައް ގާއިމްކުރާނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަންއާ ގުޅިގެން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުުވީ ރާޅާ އަޅުމުގެ ކުޅިވަރަކީ ރާއްޖެއަށް ބައިނަލްއަގުވާމީގޮތުން ބޮޑެތި ކާމިޔާބީތަކެއް ގެނެސްދެވިދާނެ ކުޅިވަރެއް ކަަމަށެވެ.

ރާޅާ އެޅުމަކީ މިހާރުވެސް ރާއްޖޭގައި ޒުވާނުންގެ މެދުގައި މަގުބޫލު ހަރަކާތެކެވެ. މާލޭގައި އެންމެ ގިނައިން ރާޅާ އަޅާ އުޅެނީ ސިނަމާލެ ބުރިޖު ސަރަހައްދުގަ އެވެ.

ބުރިޖް ހެދި ދުވަސްވަރު އެތަނަށް ރާޅާ އެޅުން މަނާކުރުމުން ކ. ތަނބުރުދޫއިން ރާޅާއަޅަން ދެވޭގޮތަށްވެސް ސަރުކާރުން ހަމަޖައްސައިދިނެެވެ.

comment ކޮމެންޓް