މަރުވި އަންހެނެއްގެ ހަށިގަނޑުން ނިޝާނެއް، ފުލުހުން ތަހުގީގު ކުރަނީ

ގދ. ރަތަފަންދޫ --- ފޮޓޯ/ ރަތަފަންދޫ ސްޕޯޓްސް ކުލަބް

ގދ. ރަތަފަންދޫގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 2:44 އެހާކަން ހާއިރު މަރުވެފައި އޮތް އަންހެނެއްގެ ހަށިގަނޑު ރަތަފަންދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި މަރުވި އަންހެން މީހާގެ މޭ މަތީން ތަންގަނޑެއް އޮތީ ރަތްވެފަ އެވެ. ފުލުހުން އެ މަރު ތަހުގީގު ކުރަމުން ދަނީ އެކަމާ ގުޅިގެންކަން ވަނީ އެނގިފަ އެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 44 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް